Sunday, 26 July 2026
Ads by

މައުލޫމާތު ލިބިގަތުމުގެ ހައްގަކީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު އެއް ބިންގާ: ރައީސް

މައުލޫމާތު ލިބިގަތުމުގެ ހައްގަކީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު އެއް ބިންގާ: ރައީސް

މައުލޫމާތު ލިބިގަތުމުގެ ހައްގަކީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު އެއް ބިންގާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ސަރުކާރުން އިއްޔެ ވަނީ ރައީސް އޮފީހާއި ހުރިހާ މިނިސްޓްރީއެއްގެ އާރްޓީއައިތަކަށް ޖަވާބު ދީފައެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން،  މިއީ ރައީސް އޮފީހާއި ހުރިހާ ވުޒާރާތަކަކުން 100 ޕަސަންޓު އާރްޓީއައިތަކަށް ޖަވާބު ދިން ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިގަތުމުގެ އަސާސީ ހައްގަކީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު އެއް ބިންގާ ކަމަށެވެ. އަދި މިއީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން ކުރިއެރުވުމަށާއި ރައްޔިތުންނަށް މައުލޫމާތު ލިބޭނެ މަގުތައް ހަރުދަނާކުރުމުގެ އިތުރުން، ޖަވާބުދާރީވުން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިމަގުގެ ޖަވާބުދާރީވަނިވި ސަރުކާރެއް ބިނާކުރުމަށް ކުރަމުންދާ ދަތުރުގައި މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ މުއައްސަސާތަކަށާއި ދައުލަތުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރަކާތްތަކާއި ނިންމުންތައް ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި