Wednesday, 9 September 2026
Ads by

ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރު ޝިޔާމް އަދި ތުރުކީގެ އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ މިނިސްޓަރު އިބްރާހީމް ޔުމަކްލީ

ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ތުރުކީގެ އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ މިނިސްޓަރު އިބްރާހީމް ޔުމަކްލީ މަޝްވަރާ ކުރައްވައިފިއެވެ.

Ad Image
Ads by

ވިޔަފާރީގެ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، މިނިސްޓަރު ޝިޔާމް ތުރުކީގެ އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ މިނިސްޓަރު އިބްރާހީމް ޔުމަކްލީގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި، ތުރުކީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ތުރުކީ ސަރުކާރަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) ގައި ބަޔާންކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ދެ ގައުމަށް ފައިދާ ކުރާނެ ހަރުދަނާ ފިޔަވަޅުތަކަކަށް ބަދަލުކުރުމުގެ މުހިންމުކަން ވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެމެހެއްޓެނިވި ތަރައްގީއާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު