Saturday, 24 October 2026
Ads by

ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޝިޔާމް

ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޝިޔާމް

ކާބޯތަކެތީގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ދަނޑުވެރިކަމާ ބެހޭ މަތީ ފަންތީގެ މިނިސްޓީރިއަލް ޕެނަލްގައި ވާހަކަދައްކަވަމުންނެވެ.  މި ޕެނަލްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މީގެ އިތުރުން، އުފެއްދުންތެރިކަމުގެ މަރުހަލާތަކުގެ ހަރުދަނާކަން އިތުރުކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމުގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޖިއޮގްރަފިކަލީ ރާއްޖެ އުފެދިފައިވާ ގޮތުން ދިމާވާ ދަތިތަކާއި، އިގްތިސާދީ ގޮތުން ހުރި ހުރަސްތަކާއި، ދަތުރުފަތުރުގެ ދަތިކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަރުދަނާ ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް ހުރި ހުރަސްތައް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަން މަދުވުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުތަކާއި، އަމިއްލަ ފަރާތްތަކާއި، ރިސާޗް އަދި އެކަޑަމިކް އިންސްޓިޓިއުޓްތަކާއި، ތަރައްގީގެ ބައިވެރިންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ މެދުގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމެއް އޮންނަންޖެހޭ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، ކުނި މަދުކުރުމަށާއި، ދިގު މުއްދަތުގެ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭ، ހަރުދަނާ ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމު ހަރުދަނާ ކުރުމަށް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމް ވަނީ ދެމެހެއްޓެނިވި ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބިނާކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަންގީކަން ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި