Wednesday, 9 September 2026
Ads by

”ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު“

”ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު“

މެޑަމް ސާޖިދާ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ދުނިޔޭގެ ކާބޯތަކެތީ ރައްކާތެރިކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެންމެހައި ފަރާތްތަކަށް އަރިސްކުރައްވައިފައެވެ. ހަމައެހެންމެ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލޯގޯ ވެސް މެޑަމް ސާޖިދާ ވަނީ އިފްތިތާހްކޮށްދެއްވައިފައެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ސިއްހަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއް ކަމަށެވެ. އަދި ގައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެއްވިފައިވުމުން ބުނެދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމަށާއި، އެގޮތުން އެ ގައުމެއްގައި އިންސާނީ އަހުލާގު ހަރުދަނާ ކުރެވިފައިވާ މިންވަރާއި ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު އެކަމުން ހާމަކޮށްދިނުމުގެ އިތުރުން ކާބޯތަކެތީގެ ހަގީގީ ރައްކާތެރިކަމަކީ ގައުމެއްގެ ހޭލުންތެރިކަމާއި އަހުލާގާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން، މިއަދަށް ހާއްސަކުރެވިފައިވާ ޝިއާރު ކަމަށްވާ ”ފްރޮމް ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ“ ނުވަތަ “ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ހައްލެއް“ މި ޝިއާރުން ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ސިއްހަތާ ގުޅިފައިވާ ކަމެއްކަން ދޭހަވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޝާރާތްކުރައްވައި ވިދާޅުވީ ދިރިއުޅުމުގެ ރީތި އާދަތައް ހަގީގަތުގައި ފެށެނީ ޅަފަތުގެ ތަރުބިއްޔަތުން ކަމަށާއި މި ކަން އަށަގަންނަވައި ހަރުލައްވަނީ މަދަރުސާގެ ތެރެއިންނާއި އެއަށްފަހު ދެން މުޖުތަމައުން ކަމަށެވެ. ހަމައެހެންމެ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އެކުލަވާލަމުންދާ ގަވާއިދުތަކާއި އުސޫލުތަކަކީ ކުރިއަށްވުރެ ރަނގަޅަށް މިކަން ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހުރެ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދައި ބޭރުގެ ބޮޑެތި މާރކެޓުތަކަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު އަބަދު ވެސް އޮންނަނީ ހަނިކޮށް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. ނަމަވެސް މި ޒަމާނުގައި ޓެކްނޮލޮޖީ ފަހިވެފައިވާ މިންވަރަށް ބަލާއިރު، މަސްވެރިކަމުގެ ބައެއް ބާވަތްތައް ވެސް، އަދި ހާއްސަކޮށް ދަނޑުވެރިކަމުގެ ބައެއް ވިޔަފާރި ވެސް ހަމަ އާންމު ގޭގެ ފެންވަރުގައި ކުރާކަށް ދައްޗެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތަށް، ވަން-ގަވް ޕޯޓަލް މެދުވެރިކޮށް މިއަދު އިފްތިތާހް ކުރެވުނު ދަފްތަރުން އިތުރަށް މަގުފަހިކޮށްދޭކަން ވަނީ އުފަލާއެކު ފާހަގަކުރައްވައިފައެވެ.

މި ހަފުލާގައި ވަނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތައް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް، ”ސަމާވަރު“ އިފްތިތާހްކޮށްދެއްވާފައެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރު ޤީލާ ޢަލީއެވެ. މީގެ އިތުރުން، މި ހަފުލާގައި، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ދަފްތަރުކުރުން އިފްތިތާހްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް މެޑަމް ސާޖިދާ ފ. ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި