ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ޙައްޖާޖީންގެ ދެވަނަ ގުރޫޕް އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ޙައްޖާޖީންގެ ދެވަނަ ގުރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 17:40 އެހާއިރުއެވެ. ޙައްޖާޖީންގެ ހަތަރު ގްރޫޕްގެ ތެރެއިން ދެ ގުރޫޕް ރާއްޖެ އައިސްފައިވާއިރު ބާކީ ދެ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ، މާދަމާއާއި އަންގާރަ ދުވަހެވެ.
ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައި މިވަނީ މަދީނާގައި ދެ ދުވަސް ހޭދަކޮށް، ރައުޟާ އާއި ޤުބާ އަދި އުހުދުގެ މައިދާނަށް ޒިޔާރަތްކުރުމަށްފަހުގައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޖުމުލަ 1.7 މިލިއަނަށް ވުރެ ގިނަ ޙައްޖާޖީން ސަޢުދީއަށް ގޮސްފައިވާއިރު، ރާއްޖެއިން ގޮސްފައިވަނީ 1،000 ޙައްޖާޖީންނެވެ.













