Wednesday, 9 September 2026
Ads by

އިޒްރޭލަށް ކުއްލި ސިހުމެއް: ބަޑީގެ ޙަމަލާތަކެއްދީ ޔަހޫދީއަކު މަރާލައި، ފަސް މީހުން ޒަޚަމްކޮށްލައިފި

އިޒްރޭލަށް ކުއްލި ސިހުމެއް: ބަޑީގެ ޙަމަލާތަކެއްދީ ޔަހޫދީއަކު މަރާލައި، ފަސް މީހުން ޒަޚަމްކޮށްލައިފި

އިސްިތުމާރުކޮށްފައިވާ ބިމުގެ މެދުތެރޭގައި އޮންނަ ކޮޚަވް ޔައިރު ކިޔާ އަވަށެއް ކައިރީގައި، އަދި ވެސްޓު ބޭންކު ކައިރީގައި، ދިން ބަޑީގެ ޙަމަލާތަކަށްފަހު، ނިރުބަވެރި ޔަހޫދީ ސިފައިން ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރިއަށް އެއްވަނީ [އޭ.އެފް.ޕީ]

ޖޫން 7، 2026 – އިޒްރޭލުގެ ސަލާމަތީ އައްޑަނަތައް ފޫއަޅުވާލައި، (އިސްތިއުމާރުކޮށްފައިވާ) މެދުތެރޭ އިޒްރޭލުގެ ތިން ސަރަޙައްދެއްގައި ދިން ހިތްވަރުގަދަ ބަޑީގެ ޙަމަލާތަކެއްގައި ޔަހޫދީއަކު މަރާލައި، އިތުރު ފަސް މީހުން ބޮޑުތަނުން ޒަޚަމްކޮށްލައިފިއެވެ. އިޒްރޭލުގެ އެމްބިއުލާންސް ޚިދުމަތުން (އެމްޑީއޭ) ކަށަވަރުކޮށްދޭ ގޮތުގައި، މި ޙަމަލާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ޔަހޫދީ ފިރިހެނެކެވެ.

Ad Image
Ads by

ޙަމަލާގެ ތަފްޞީލާއި އަސްކަރީ ހާސްކަން:
އިޒްރޭލުގެ ނިރުބަވެރި ފުލުހުން ބުނާގޮތުގައި، މި ޙަމަލާ ފެށިފައިވަނީ އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކުގެ ޤަލްޤީލްޔާ ސިޓީގެ ކައިރީގައި އޮންނަ ”ކޮޗާވް ޔައިރު“ ސަރަޙައްދުގެ ތެޔޮ މަރުކަޒަކުންނެވެ. ޙަމަލާދިން ހިތްވަރުގަދަ ޒުވާނާ ވަނީ އެތަނުން ބަޑިޖަހަން ފެށުމަށްފަހު، ކައިރީގައި ހުރި ”ޒޫރު ޔިޠުޒްހާކް“ އަދި ”ޒޫރު ނަތާން“ ސިޓީތަކަށް ދަތުރުކޮށް، މަގުމަތިން ޖެހުނު ޔާހޫދީންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކުގެ ބޮޑު ސިލްސިލާއެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ސަބަބުން ޒަޚަމްވި 5 ޔަހޫދީންގެ ތެރެއިން ދެ މީހެއްގެ ޙާލަތު ވަރަށް ސީރިއަސްއެވެ.

އިސްތިއުމާރީ ސިފައިންނާއި ބޯޑަރު ގާޑުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ޙަމަލާދިން ހިތްވަރުގަދަ ޒުވާނާ ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އިސްތިއުމާރުގެ ފުލުހުން ފަހުން ހާމަކުރި ގޮތުގައި، ޙަމަލާދިން ޒުވާނާއަކީ ބޭރުން އައި މީހެއް ނޫނެވެ؛ އެއީ އިޒްރޭލުގެ ރައްޔިތެއްކަން އަންގައިދޭ ޕާސްޕޯޓު އޮތް، އިޒްރޭލުގެ ”ޠައްޔިބާ“ ސިޓީއަށް ނިސްބަތްވާ ފަލަސްޠީނު ޒުވާނެކެވެ.

އިސްތިރާޖީ ތަޙުލީލު: އަނިޔާވެރި އިސްތިއުމާރު ދެމިއޮއްހާ ހިނދަކު ޔަހޫދީންނަކަށް އަމާންކަމެއް ނެތް
ސިޔާސީ އަދި އަސްކަރީ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ޙަމަލާއިން އިޒްރޭލުގެ ދިފާޢީ ނިޒާމަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ޔަހޫދީ އިސްތިއުމާރުން ބޯޑަރުތައް ބަންދުކޮށް، ފަލަސްޠީނުގެ ނިކަމެތި އާބާދީތައް ކެޖޭ ބަންދުކޮށްގެން އަނިޔާވެރިކަން އިތުރުކުރިޔަސް، ދައުލަތުގެ ދާޚިލީ ނޭވާ ހިފަހައްޓައެއް ނުލެވޭނެއެވެ. އިޒްރޭލުގެ ސަރަޙައްދީ ކައުންސިލްގެ ރައީސް އޮޝްރިޓް ގާނީ ގޮނެން ހާމަކުރި ގޮތުގައި، އެމީހުން އަބަދުވެސް ބިރުގަންނަނީ ބޯޑަރު ހުރަސްކޮށް ބޭރުން އަތުވެދާނެ ޙަމަލާއަކަށެވެ؛ ނަމަވެސް އަމިއްލަ ޤައުމުގެ އެތެރޭގައި ތިބި ”އިޒްރޭލުގެ ސިޓިޒަނުން“ މިފަދަ ބޮޑު ޙަމަލާއެއް ދީފާނެ ކަމަށް އެކަކުވެސް ހީއެއް ނުކުރެއެވެ.

ޙަމަލާއާ ގުޅިގެން އިޒްރޭލުގެ ސިއްރު ފުލުހުން (ޝިން ބެތު) ވަނީ ޠައްޔިބާ ސިޓީއަށް ވަދެގަނެ، ކައިރީގައި ހުރި ޢަރަބި އަވަށްތައް އަސްކަރީގޮތުން ބަންދުކޮށް، ބޮޑު ބްލޮކޭޑެއް ހިންގަން ފަށާފައެވެ. ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުން ވަނީ މި ޙަމަލާއަކީ ޖެހިލުންކުޑަ، ”ހީރޯއިކް“ އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށް، މަރުޙަބާ ކިޔާފައެވެ. ޔަހޫދީ އިސްތިއުމާރުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިހާރު ވަނީ ކުއްލި ސަލާމަތީ ބައްދަލުވުމެއް ބާއްވައި، މުޅި ޤައުމު ހައި-އެލާޓަށް ގެނެސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި