Sunday, 27 September 2026
Ads by

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅުމަށް ހުޅުމާލޭގައި ގާއިމުކުރާ ”ޕެޓް ކެއަރ ފެސިލިޓީ“ ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައެވެ. މި ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާޒިމް ވިދާޅުވެފައި ވަނީ މިއަދު ފަށާފައި ވަނީ ފެސިލިޓީގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ. ވިއްސަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަންނަ ހަފުތާގައި އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ސަޕޯޓެއް ދެނީ އެނިމަލް ވެލްފެއަރ މިނިސްޓްރީން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

”އަޅުގަނޑަށް އުންމީދު ކުރެވެނީ ކުރިއަށް މަހެއް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ފެސިލިޓީ ބިނާކުރެވި، މާލެ ތެރޭގައި އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާކުރެވިގެން މި ތަނުގައި ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް،“ – މާލޭގެ މޭޔަރު އާދަމް އާޒިމް

މިއަދު ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ފެށުނު ނަމަވެސް މި ޕްރޮޖެކްޓް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއަރ ޕެސިލިޓީއެއް އެ ތަނުގައި ހަދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ގިނަވެ، އާންމުންނަށް ގިނަ އުނދަގޫތަކެއް ވަމުން ދާތީ ބުޅާ ގެންގުޅެން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ސިޓީ ކައުންސިލުން ކުރިއެވެ. އެގޮތުން ބުޅާ ފެސިލިޓީއެއް ވިލިމާލޭގައި ހަދައިދޭނެ ބަޔަކު ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާނު ވެސް ކުރިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި