Ads by
ޚަބަރު
ޕީޕީއެމް ސަޕޯޓަރުން އިލްޔާސަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ސަޕޯޓަރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ވޯޓު ދިނުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by Eki Online

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙް ނޫން ގޮތެއް ހޯދުމަށް، ދެވަނަ ބުރަކަށް އެ މަނިކުފާނު ދިޔަ ނުދިނުން ވަރަށް މުހިންމު ކަމަށެވެ. އެހެން ކަމުން ޕީޕީއެމްގެ ސަޕޯޓަރުން، ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓް ދިނުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަހުން ފާހަގަކުރެވިފައިވަނީ ރައީސް ޔާމީންގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އިލްޔާސްގެ ބައެއް ކެމްޕޭން ޖަލްސާއެއްގައި އެ މަނިކުފާނު ވަނީ ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައި, އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގައި މިހާރުވެސް އެމަނިކުފާނަށް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށް ރައީސް ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *