Wednesday, 9 September 2026
Ads by

ހިތަދޫ އުތުރުން ސޯބެއަށް ހަނި މޮޅެއް، ގިނަ ފޮށިތަކުން ކުރި ހޯދީ ޕީއެންސީން!

ހިތަދޫ އުތުރުން ސޯބެއަށް ހަނި މޮޅެއް، ގިނަ ފޮށިތަކުން ކުރި ހޯދީ ޕީއެންސީން!

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓު ފޮށިތަކުގެ އަދަދަށް ބަލާއިރު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ކުރިއެރުމެއް ހޯދިނަމަވެސް ކުޑަ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ބެހެއްޓި ޖުމްލަ 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. ޚާއްޞަކޮށް އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ސައީދު ވަނީ ބޮޑު ތަރުހީބެއް ހޯއްދަވައި، އެ ފޮށިތަކުން ކުރި ހޯއްދަވާފައެވެ.

މި އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވި ނަމަވެސް، އޭނާއަށް ކުރި ލިބިވަޑައިގަތީ އެންމެ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. ސޯބެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި މާލޭގައި ބެހެއްޓި ފޮށިތަކުން ލިބުނު ވޯޓު ބޮޑު ދައުރެއް އަދާކުރިއެވެ.

ޖުމްލަ 7 ފޮށިން 4 ފޮށި ކާމިޔާބު ކުރީ ޕީއެންސީ ކެންޑިޑޭޓް

މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި ޖުމްލަ 2,563 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1,370 އަންހެނުންނާއި 1,193 ފިރިހެނުންނެވެ.

މި ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ ކުރިން މި ގޮނޑި ފުރުއްވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ.

ޕީއެންސީން މި އިންތިޚާބުގައި ދެއްކި ވަރުގަދަ ނަތީޖާއާއެކު، އައްޑޫ ސިޓީގެ މެޖޯރިޓީ ފޮށިތައް އެ ޕާޓީން ވަނީ ކާމިޔާބުކޮށް، ދާއިރާގައި އެ ޕާޓީގެ ތަރުހީބު އިތުރުވަމުންދާކަން ސާބިތުކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި