Saturday, 24 October 2026
Ads by

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ގޯތި ލިބިފައިވާ މީހުންގެ ހިޔާލު ހޯދަނީ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ގޯތި ލިބިފައިވާ މީހުންގެ ހިޔާލު ހޯދަނީ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން: ޕްލޭނާ ގުޅޭގޮތުން ގޯތި ލިބިފައިވާ މީހުންގެ ހިޔާލު ހޯދަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައި.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ ހިޔާލު ހޯދުމަށް އާންމު ބައްދަލުވުމެއް ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

ހައުސިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ ބުދަ ދުވަހުގެ ރޭ ކަމަށެވެ. ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިއުލާނު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށާއި ހިޔާލު ހުށަހެޅުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވާން އިއުލާނާ އެކު އޮންލައިން ފޯމެއް ވަނީ ހިމަނާފައެވެ.

ހައުސިން މިނިސްޓްރީން ވަނީ މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓެއް ވެސް އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. މި ޑްރާފްޓުގައި ގިރާވަރުފަޅުގައި މީހުން ދިރިއުޅޭ ގޯތިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ބިންތަކާ އަދި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކަށް ބޭނުންވާ ބިން ކަނޑައަޅާފައިވެއެވެ.

މި ބިންތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންކަމަށް ބޭނުންވާ ބިމާއި ކޮމިނިއުޓީ ޒޯންތަކާއި ޕްރެޒިޑެންޝަލް ޕްލޮޓްސް އާއި ކޮމާޝަލް ބިންތަކާއި އިންޑަސްޓްރިއަލް ޒޯނެއް ޑްރާފްޓުގައި ހިމަނާފައިވެއެވެ. އަދި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން ޒޯނެއް ވެސް ވަނީ ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި