Saturday, 15 March 2025
Ads by

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

ރައީސް މުޢިއްޒު: ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ވަނީ އުފައްދަވާފައި - ފޮޓޯ:ރައީސް އޮފީސް

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

Ad Image
Ads by MN Maldives

ރައީސް އޮފީހުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

ސައިބަރ ސެކިއުރިޓީ އާ ބެހޭ ސަރުކާރުގެ އިދާރާއެއް ގާއިމުކުރި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީ އާ ގުޅުންހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމާ އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްކުރުން ވެސް މި އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

“ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ސައިބަރ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ” އެވެ. ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، އެ އެޖެންސީއަށް ލިޔާ ސިޓީގައި ޖެހުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500 އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
401922_3_1e37961f540adfa5e4a6578c1c83a4feb4b3bea5_large
އުސްފަސްގަނޑާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
20240227_232151
މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
401922_3_1e37961f540adfa5e4a6578c1c83a4feb4b3bea5_large
އުސްފަސްގަނޑާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
20240227_232151
މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ