Monday, 28 April 2025
Ads by

ހުޅުމާލެއަށް ފޮއްޓެއް އިތުރުވެ، މާލޭ ސަރަހައްދުގައި 241 ވޯޓު ފޮށި

ހުޅުމާލެއަށް ފޮއްޓެއް އިތުރުވެ، މާލޭ ސަރަހައްދުގައި 241 ވޯޓު ފޮށި

ވޯޓުލުމުގެ ވަގުތު ހަމަވުމުން ފޮށި ބަންދުކުރެވިފައި - ފޮޓޯ:އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެ ސަރަހައްދުގައި ޖުމްލަ 241 ވޯޓު ފޮށި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 608 ވޯޓު ފޮށި ހުންނާނެ ކަމަށް އީސީން ބުނެއެވެ.

މީގެކުރިން އިންތިހާބު ބޭއްވުމަށް ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާ އެކު އަންނަ މަހު ބޭއްވުމަށް އިންތިހާބު ވަނީ ފަސްކޮށްފައެވެ. އީސީން ބުނެފައި ވަނީ އިންތިހާބު އޮންނަ ތާރީހަށް ބަދަލު އައި ކަމަށް ވީނަމަވެސް ބަހައްޓަން ނިންމާފައިވާ ފޮށީގައި އަދަދަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ވޯޓު ފޮށީގެ ޖުމްލަ އަދަދަށް ބަދަލު ނަޔަސް ބައެއް ތަންތަނުން ފޮށި މަދުވެ، އަނެއް ބައި ތަންތަނަށް ފޮށި ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭ ސަރަހައްދަށް އެއް ފޮށި ވަނީ އިތުރުވެފައެވެ. އީސީން ބުނީ މާލޭ ސަރަހައްދުގައި 240 ފޮށި ބެހެއްޓުމަށް ކުރިން ނިންމި ނަމަވެސް މިހާރު 241 ފޮށި ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލޭގައި ބަހައްޓާ 181 ފޮއްޓާއި ހުޅުމާލޭގައި ބަހައްޓާ 51 ފޮށި އަދި ވިލިމާލޭގައި ބަހައްޓާ 9 ފޮއްޓެވެ. ވޯޓު ފޮއްޓެއް އިތުރުވެފައި ވަނީ ހުޅުމާލެއަށެވެ.

ބަހައްޓާ ވޯޓު ފޮށިތައް:

  • ރިސޯޓު: 34 ފޮށި
  • ރާއްޖޭން ބޭރުގައި: 3 ފޮށި
  • ޖަލުތައް: 5 ފޮށި

ސިނާއީ މަސައްކަތް ކުރާ ރަށްތަކުގެ ތެރެއިން ހުޅުލޭގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އީސީން ކުރިން ހަމަޖެއްސި ނަމަވެސް މިހާރު ނިންމާފައި ވަނީ ހުޅުލޭގައި ފޮއްޓެެއް ނުބަހައްޓާ ގޮތަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
301919558_744290333330025_6947892610415027186_n
ފިލްމު އެސޯސިއޭޝަނަށް ޗެއާޕާސަނަކަށް އެކްޓަރު މުއާ
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
301919558_744290333330025_6947892610415027186_n
ފިލްމު އެސޯސިއޭޝަނަށް ޗެއާޕާސަނަކަށް އެކްޓަރު މުއާ