Sunday, 26 July 2026
Ads by

އަހަރު ދުވަހަށް ވުރެ އަވަހަށް ހިޔާގައި ލިފްޓު ހަރުކޮށް ނިންމަން ބާރު އަޅާނަން: ރައީސް

އަހަރު ދުވަހަށް ވުރެ އަވަހަށް ހިޔާގައި ލިފްޓު ހަރުކޮށް ނިންމަން ބާރު އަޅާނަން: ރައީސް

ރައީސް މުޢިއްޒު: ވިދާޅުވީ އަހަރު ދުވަހަށް ވުރެ އަވަހަށް ހިޔާގައި ލިފްޓު ހަރުކޮށް ނިންމަން ބާރު އަޅުއްވާނެ ކަމަށް - ފޮޓޯ:ޕީޕީއެމް

އަމާޒަކީ މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް ވުރެ އަވަހަށް ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ހިޔާ ފްލެޓެއްގައި ދިރިއުޅެމުން އަންނަ މީހަކު ވަނީ ލިފްޓުތައް ހަރުކޮށް ނިމޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށް މިހާރު ކުރެވެމުން ދަނީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ މަސައްކަތް ފެށުމަށް ބާރު އަޅުއްވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު އަދިވެސް އިތުރަށް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިން މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން އެ ފަރާތަށް ވަރަށް އަވަހަށް ދޭނެ. ދިނީމަ އެގްރިމަންޓް އޮންނަ ގޮތުން އެޑްވާންސް ޕޭމަންޓް ދޭތާ އެއް މަސް ތެރޭގައި މޮބިލައިޒް ކުރަން ޖެހޭނެ،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން ޖެހޭ ކަމުގައެވެ. އެއީ ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަހަރު ދުވަހަށް ވުރެ އަވަހަށް މުޅި މަސައްކަތް ނިންމަން ސަރުކާރުގެ ފަރާތުން ބާރު އަޅުއްވާނެ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ބަހައްޓަން ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން މުޅިއެކު 32 ލިފްޓު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓަވަރަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބަހައްޓައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި