Sunday, 26 July 2026
Ads by

ނަޝީދަކީ ނުހިފެހެއްޓޭވަރު ޒުވާނެއް، މުސްކުޅި ވާތަނެއް ނުފެނޭ: ޒަހިއްޔާ

ނަޝީދަކީ ނުހިފެހެއްޓޭވަރު ޒުވާނެއް، މުސްކުޅި ވާތަނެއް ނުފެނޭ: ޒަހިއްޔާ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އަދިވެސް ޒުވާން ޖޯޝެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އުމުރުން ދުވަސްވަމުން އަންނަތަން ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ޒަހިއްޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒަހިއްޔާ މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ފަހަތުން ދުވެގެން އަތުލެވޭނެ ގޮތަށް އުފެދިފައި ހުރި އިންސާނެއް ނޫން ކަމަށާއި، އެމަނިކުފާނު ދެން ހިފަހައްޓައި ނުލެވޭނެ ކަމަށެވެ. ”ނިކަން މޮޅިއްޔާ މި މީހާ އަތުލަބަލަ،“ ޒަހިއްޔާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޒަހިއްޔާ ވިދާޅުވީ، އެ ޖަލްސާއިން ފެނިގެންދަނީ އެމްޑީޕީގެ އަސްލު ވިންދު ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ޖޯޝާއި އުންމީދާއި މުސްތަގުބަލުގެ ޕާޓީކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ގެއްލުނުތަން ހޯދައި ޕާޓީގެ ވިންދު އަނބުރާ ގެނައުމަށް ދިއްލާލި އަލިގަދަ ދަންމަރެއް ކަމަށެވެ.

ޒުވާނުން އިސްވުމާ ގުޅޭގޮތުން ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒަހިއްޔާ ވިދާޅުވީ، ލީޑަރުކަމަކީ އުފަންދުވަހުގެ ސެޓްފިކެޓުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ.

”ލީޑަރު ކަމަކީ ކުރެވޭ ހިތްވަރަކާ ވަކި ކަހަލަ ކޮލިޓީއެއް. ރައީސް ނަޝީދަކީ ޒުވާންދުވަސްވަރު ވަކި މީހެއްގެ ހުއްދައަކަށް ބެލުމެއްނެތި ދިވެހިންނަށްޓަކާ ޖާނާ މާލުން ގުރުބާންވެ ވަޑައިގެންނެވި، މިނިވަންކަމުގެ މި މާހައުލު އަޅުގަނޑުމެންނަށް ހޯދައިދެއްވި އޭރުގެ ޒުވާން ލީޑަރު،“ ޒަހިއްޔާ ވިދާޅުވިއެވެ.

ޒަހިއްޔާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ކޮންމެ ކަމެއް ބަދަލުކޮށްލުމުގެ ޒުވާން ހިތްވަރާއި ޖޯޝު ހުރި ބޭފުޅެއް ކަމަށެވެ. އެހެންކަމުން، ނަޝީދަކީ އަދިވެސް ޒުވާނެއް ކަމަށާއި، އުމުރުން ދުވަސްވަމުން އަންނަ މަންޒަރު ނަޝީދުގެ ކިބައިން ނުފެންނަ ކަމަށްވެސް ޒަހިއްޔާގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ. މިއާއިއެކު އެއްވެސް ތިބި އެންމެންގެ ހުނުމުގެ އަޑުން ސަރަޙައްދު ގުގުމާލިއެވެ.

އެއީ ނަޝީދުއަކީ މިހާރު 60 އަހަރުގެ މީހަކަށް ވެފައި އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އޭނާއާއި ވާދަކުރައްވަން ނުކުންނެވީ އުމުރުން 32 އަހަރުގެ މީކާއިލް ކަމުން ގިނަބަޔަކަށް ޒަހިއްޔާގެ މި ވާހަކަތައް ޖޯކަކަށްވީކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި