Wednesday, 9 September 2026
Ads by

އައްޑޫ ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް ބަޖެޓުން 1.2 މިލިއަން ރުފިޔާ އިސްރާފުކޮށްފި

އައްޑޫ ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް ބަޖެޓުން 1.2 މިލިއަން ރުފިޔާ އިސްރާފުކޮށްފި

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 2023 އަދި 2024 ވަނަ އަހަރު ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް، ކައުންސިލްގެ ބަޖެޓުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ބޮޑު އިސްރާފެއް ކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކާ ގުޅޭގޮތުން ނެރުއްވި ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލް ތަމްސީލުކުރާ 8 މެމްބަރުންނާއި އިދާރާގެ ދެ މުވައްޒަފުން ހިމެނޭހެން 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރަށް އެކަނިވެސް 515,101 (ފަސް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ އެއް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަތުރަކީ ރައްޔިތުންގެ ފައިސާ ޚަރަދުނުކޮށް، އެހެން ގޮތަކަށް އެހީ ހޯދައިގެން ކުރިއަށް ގެންދެވިދާނެ ދަތުރެއް ނަމަވެސް، ކައުންސިލުން އެފަދަ އެހީއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އޮޑިޓުން ފާހަގަކުރެއެވެ. މިއީ މާލިއްޔަތު ސަރކިއުލަރގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ ނުވަތަ ނަތީޖާ ނެރުމަށް އިސްކަންދިނުމުގެ އުސޫލާ ޚިލާފަށް ކޮށްފައިވާ ޚަރަދެއް ކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.

މި ދަތުރުގެ ތެރެއިން ”ކްރިއޭޓިވް ތިންކިންގ އެންޑް ޕްރޮބްލެމް ސޯލްވިންގ ސްކިލްސް“ ނަމަކަށް ކިޔާ ޓްރެއިނިންގއެއްގައި ބައިވެރިވުމަށް 65,381 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ދަތުރުގެ އަސްލު މަގުސަދާ އެއްވެސް ގުޅުމެއް ހުރި ތަމްރީނެއް ނޫންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ސިންގަޕޫރަށް ކުރި ޒިޔާރަތުގައި އެ ގައުމުގެ މެރިޓައިމް ގެލެރީ، ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރީ އަދި ސިންގަޕޫރު ރީޑިވެލޮޕްމަންޓް ގެލެރީ ފަދަ ތަންތަނަށް ޒިޔާރަތްކުރުމާއި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއާ ބައްދަލުކުރުން ހިމެނުނު ނަމަވެސް، މި ޒިޔާރަތްތަކަކީވެސް ދަތުރުގެ މަގުސަދާ ސީދާ ގުޅުންހުރި ކަންކަން ނޫންކަމަށް އޮޑިޓުން ބުނެއެވެ.

ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ޚަރަދެއް ކޮށްގެން ކުރި މި ދަތުރު ނިންމުމަށްފަހު، އެ ދަތުރުން ހާސިލުވި ކަންކަމާއި އެކަންކަން އަމަލީ ގޮތުން ބޭނުންކުރެވޭނެ ގޮތުގެ އެއްވެސް ތަފުސީލެއް ކައުންސިލްގެ އިދާރާއިން ލިޔުމުން ބަލަހައްޓާފައި ނުވުމެވެ. މިއީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އިސްރާފުކުރުން ކަމަށް ބެލެވޭތީ އޮޑިޓަރ ޖެނެރަލް ވަނީ މިކަން ފާހަގަކުރައްވާފައެވެ.

އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ދައުރުގައި މިފަދަ ބޮޑެތި އިސްރާފުކޮށްފައިވީނަމަވެސް އޭނާ ވަނީ 2 ވަނަ ދައުރެއްވެސް ކަށަވަރު ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި