Ads by
ޚަބަރު
މިދިޔަ 5 އަހަރު ތެރޭގައި ޖަހާފައިވާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ ރައީސް މާފުކޮށްދެއްވައިފި
ފޮޓޯ: މީސް މީޑިޔާ

މިދިޔަ 5 އަހަރު ތެރޭގައި ޖަހާފައިވާ ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ނުލިބޭ ބައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު މައާފުކޮށްދެއްވައިފިއެވެ.

Ads by Eki Online

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ގަވާއިދުން ޕާކު ކުރާނެ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުންދާތީ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެއީ ރައީސްއަށް ވެސް ގަބޫލު ކުރެވޭ ޝަކުވާއެއްކަމަށެވެ.

“މިކަން އެގޮތަށް ހިނގަމުންދާކަން އެމަނިކުފާނާއި ސަރުކާރަށް ވެސް ގަބޫލު ކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ނިންމެވީ” އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވެސް ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބިކަމަށާއި، އެކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ތެރޭގައި ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެގޮތް ވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ވަކި ޙާލަތަށް ރިޢާޔަތްކޮށް، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މަޢާފު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، ދެ ހަފްތާއާއި އެއް މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *