Ads by
ޚަބަރު
މާލޭގައި މިރޭ ހަވާ އަރުވަނީ 

މަޑަގަސްކަރައިގައި މި އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތްލީޓުން ހޯދި ކާމިޔާބީ ކުލަގަދަ ފހަގަކުރަން ރައްޔާތުވެއްޖެއެވެ.

Ads by Eki Online

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މިރޭ 21:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާއެރުވުން އޮންނާނެ ކަމަށެވެ. އަދި، ހަވާ އެރުވުން ކުރިއަށް ދާނީ ގާތްގަނޑަކަށް 10 މިނެޓަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ 27 މެޑަލް ހޯދައިފައެވެ. އައިއޯއައިޖީގެ މުބާރާތަށް ފަހު ރާއްޖެ އަށް މިރޭ އެތުލީީޓުންނާއި އޮފިޝަލުން އަންނަ އިރު، މަރުހަބާ ކިޔަން ބާއްވާ ކުލަގަދަ ރަސްމިއްޔާތު އޮންނާނީ 8:45 ގައި ޖުމްހޫރީ މައިދާނުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

ފުލުހުން ވިދާޅުވީ އައިއޯއައިޖީ 2023 ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެން މިރޭ 07:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *