Saturday, 24 October 2026
Ads by

ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމާ ދިމާކޮށް ޒުވާން ހަތީބުންގެ މަހާސިންތާއެއް

ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމާ ދިމާކޮށް ޒުވާން ހަތީބުންގެ މަހާސިންތާއެއް

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ދުވަހާ ދިމާކޮށް، ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

މި މަހާސިންތާ ބާއްވަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަހާސިންތާއަށް މައްކާގެ މަސްޖިދުލްހަރާމްގެ އިމާމު އައްޝައިހް ޑރ. ޔާސިރް އައްދައުސަރީއަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

މި މަހާސިންތާގައި ޖުމުލަ 1,000 ޒުވާން އިމާމުންނާއި ހަތީބުންގެ އިތުރުން ޒުވާން ހާފިޒުން ވެސް ބައިވެރިވާނެ ކަމަށާއި އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މާލެ ގެނައުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި ޒުވާން ހަތީބުންގެ އަދަދަކީ 532 ކަމަށާއި ހާފިޒުންގެ ދަފްތަރުގައި 307 ހާފިޒުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. މީގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން 1,000 ހަތީބުން ހަމަކުރުމަށް އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް މި މަހު އިއުލާނުކުރާނެ ކަމަށެވެ. ހަމައެހެންމެ، ޒުވާން ހަތީބުން މިހާރުން ފެށިގެން މި މަހާސިންތާއަށް ތައްޔާރުވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި