Sunday, 25 October 2026
Ads by

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް އެދިއްޖެ

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް އެދިއްޖެ

ދިވެހި ޙައްޖާޖީންތަކެއް--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ޖުމުލަ 1،000 މީހުން ދިޔައެވެ. އެގޮތުން ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މިރޭ ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު ބާކީ ތިބި ޙައްޖާޖީން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7، 8، އަދި 9 ވަނަ ދުވަހުއެވެ. މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ވަނީ، ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައުމަށްފަހު، ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފައެވެ. އޭގެ ތެރޭގައި:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
  • ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން
  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން
  • ދަތުރުމައްޗާއި ޙައްޖު ނުވަތަ ޢުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން
  • ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން ނުދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނޫޅުން
  • އަޅުކަމަށްފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން

އެޗްޕީއޭއިން ވަނީ ހުން އައިސް ރޯގާ ޖެހިއްޖެނަމަ، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، އަރާމުކުރުން، ހުންގަދަ ނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި