Sunday, 25 October 2026
Ads by

ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި

ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި

ދިވެހި ޙައްޖާޖީން--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

ރާއްޖެއިން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.

Ad Image
Ads by

ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އެނބުރި ރާއްޖެ އައުމަށްޓަކައި މަދީނާ އެއަރޕޯޓުން މިހާރު ވަނީ ފުރައިފައެވެ. މިކަމާ ގުޅިގެން ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓަށް ރާއްޖެ އާދެވޭނެ ކަމަށް ލަފާ ކުރެވެނީ މިރޭ 20:00 އެހާއިރުއެވެ. ސަބަބަކީ މި ފްލައިޓަކީ ޓްރާންސިޓް ފްލައިޓެއް ކަމަށްވާތީ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހެއްގެ މަތިންނެވެ. އެގޮތުން:

  • ފުރަތަމަ ފްލައިޓް – 5 ޖޫން 2026
  • ދެވަނަ ފްލައިޓް – 7 ޖޫން 2026
  • ތިންވަނަ ފްލައިޓް – 8 ޖޫން 2026
  • ހަތަރުވަނަ ފްލައިޓް – 9 ޖޫން 2026

ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައި މިވަނީ މަދީނާގައި ދެ ދުވަސް ހޭދަކޮށް، ރައުޟާ އާއި ޤުބާ އަދި އުހުދުގެ މައިދާނަށް ޒިޔާރަތްކުރުމަށްފަހުގައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޖުމުލަ 1.7 މިލިއަނަށް ވުރެ ގިނަ ޙައްޖާޖީން ސަޢުދީއަށް ގޮސްފައިވާއިރު، ރާއްޖެއިން ގޮސްފައިވަނީ 1،000 ޙައްޖާޖީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި