Wednesday, 9 September 2026
Ads by

ބާރަށު ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރަށް ބޭނުންވާ ބަޖެޓް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި

ބާރަށު ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރަށް ބޭނުންވާ ބަޖެޓް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި

ހއ. ބާރަށުގައި ގާއިމްކުރާ ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ގާއުމްކުރުމަށް ބޭނުންވާ ބަޖެޓް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ ރަށު ކައުންސިލަށް ހަމަޖައްސައިދީފިއެވެ.

Ad Image
Ads by

މިކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅިރާއްޖޭގައި ކީރިތި ގުރްއާނުގެ އިލްމު ފެތުރުމުގެ ސިޔާސަތުގެ ދަށުން ހއ. ބާރަށުގައި ގާއިމްކުރާ ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރ ގާއިމްކުރުމަށް ބޭނުންވާ ބަޖެޓް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ ރަށު ކައުންސިލަށް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.

ޝުޖާއު ވަނީ، ގުރްއާނުގެ އިލްމު ރާއްޖޭގައި ފެތުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެެއްވާ އިސްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. ހަމައެހެންމެ، މިހާ އަވަހަށް އެ ރަށު ކައުންސިލަށް މި އިންތިޒާމް ހަމަޖައްސަވައި ދެއްވުމުން އިސްލާމިކް
މިނިސްޓްރީއަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މި ސެންޓަރުގެ ހިދުމަތް ބާރަށުގެ ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް އެ ރަށު ކައުންސިލްގެ ފަސް ވަނަ ދައުރުގެ ރައީސާއި ކައުންސިލް މެންބަރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ އަދި ހިތްވަރުގަދަ މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ ބާރަށުގައި ގުރްއާނުގެ އިލްމު އުނގެނުމުގެ ފުރުސަތު ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި