Sunday, 26 July 2026
Ads by

ފަޒްނާގެ ހޫނު ރައްދެއް ރޮޒައިނާއަށް: ބަޔަކު އެކުވެރި ކުރަން ބޭނުންވަނީ ހަމަހަމަ އުސޫލުތަކެއް

ފަޒްނާގެ ހޫނު ރައްދެއް ރޮޒައިނާއަށް: ބަޔަކު އެކުވެރި ކުރަން ބޭނުންވަނީ ހަމަހަމަ އުސޫލުތަކެއް

ފަޒްނާ އަޙްމަދު---

އެމްޑީޕީގެ ކުރިމަގަށް ވިސްނާ ބަޔަކު، މައާފަށް އެދުމަށްފަހު ކުރިއަށް ދިއުމަށް ފަސްޖެހިގެން ނުވާނެ ކަމަށާއި، އެ ޕާޓީއަށް މުސްތަގުބަލުގައި ކުރިއެރުން އޮތީ އެންމެން އެކީ އެކަތިގަނޑަކަށް ވެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހޫނު ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ، ރޮޒައިނާ އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި ހިސާބުން އެކުވެރިކުރުމުގެ މަގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި ބަޔަކު އެކުވެރިކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން ކަމަށް ފަޒްނާ ވިދާޅުވިއެވެ.

”ބަޔަކު އެކުވެރިކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން، ވަކިމީހަކު ގޮވައިގެން ނުކުމެ އިންސާފުވެރިކަމާއެކު ޗެއަރޕާސަންކަން ކުރައްވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،“ – ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ދެ ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެފަދަ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު މަސައްކަތް ކުރަންޖެހޭ މަގާމަކަށް ވަކިއަތަކަށް ޖެހިގެން ހުރި މީހަކު އައިސްގެން ޕާޓީގެ އެކުވެރިކަމެއް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި އޭނާ މީކާއީލް އަޙްމަދު ނަސީމަށް ތާއީދުކުރައްވަން ނިންމެވީ ޒުވާން ޖީލަކަށް ޕާޓީ ހިންގަން ހަވާލު ކުރަންވެއްޖެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެ ތާއީދު ބޮޑުވީ ”ޕްރިންސިޕަލް ސެންޓާޑް ލީޑަރޝިޕް“ އަކަށް ވަކާލާތު ކުރައްވާތީ ކަމަށް ވެސް އޭނާ ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި