ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި، އެރަށު ސާޔާ ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، މަރްހޫމްގެ އާއިލާއަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު ސާޔާ ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން،… pic.twitter.com/VhCl3MEPol— Dr Mohamed Muizzu (@MMuizzu) June 4, 2026
ފާހަގަކޮށްލެވޭ ގޮތުގައި ޞިއްދީޤަކީ ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރައީސް ވަނީ، މާތްﷲ ގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ޞިއްދީގު ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ކުރައްވައިފައެވެ.













