Wednesday, 9 September 2026
Ads by

ފިޗް ރޭޓިންގް އިން ރާއްޖޭގެ ދަރަޖަ މަތިކުރުމާ ގުޅިގެން ޕީއެންސީން ސަރުކާރަށް މަރުޙަބާ ކިޔައިފި

ފިޗް ރޭޓިންގް އިން ރާއްޖޭގެ ދަރަޖަ މަތިކުރުމާ ގުޅިގެން ޕީއެންސީން ސަރުކާރަށް މަރުޙަބާ ކިޔައިފި

ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައި ޝުކުރު އަދާކޮށްފިއެވެ.

Ad Image
Ads by

ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ނުރައްކާތެރި ފުން އަނދަވަޅެއްގައެވެ. ދައުލަތުގެ ދަރަނި ރެކޯޑު މިންވަރަކަށް މަތިވެ، ބޭރުގެ ދަރަނިތައް އަދާނުކުރެވިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް އޭރު އޮތީ ދަށްކޮށްފައެވެ. މީގެ ސަބަބުން ބޭރުގެ މާލީ ބާޒާރުތަކުން ފައިސާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.

ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ބައިނަލްއަޤުވާމީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯއްދެވުމެވެ. މިގޮތުން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރު ފައިސާއާ ބެހޭ އައު ޤާނޫނެއް ވުޖޫދަށް ގެނެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވަންނާނެ ގޮތް ހެއްދެވުމާއި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (SDF) އަލުން ބޭރު ފައިސާ ޖަމާކުރަން ފެއްޓެވުން ހިމެނެއެވެ.

މީގެ އިތުރުން، އިތުރު ދަރަންޏެއް ނުނަގައި، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓް ދެއްކެވުމާއި، އިންޑިއާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕްގެ ތެރެއިން ދައްކަންޖޭހޭ ފައިސާ ދައުލަތުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކުރެއްވުން ޕީއެންސީން ފާހަގަކުރިއެވެ.

ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިންގް ”ސީސީ“ (CC) އިން ”ސީސީސީ“ (CCC) އަށް މަތިކޮށްފައެވެ. ޕީއެންސީން ބުނި ގޮތުގައި އެއް ދަރަޖައިގެ މި ކުރިއެރުމަކީ ދުނިޔޭގެ އިޤުތިޞާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު އޮތްކަމުގެ އަލިގަދަ ހެއްކެކެވެ.

”ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ފިޗްގެ ނިންމުމުން މިވަނީ ކަށަވަރުވެފައި،“ ޕީއެންސީގެ ބަޔާނުގައި ވެއެވެ.

މި ކާމިޔާބީއާ ގުޅިގެން ޕީއެންސީން ވަނީ ރައީސް މުޢިއްޒަށާއި ސަރުކާރުގެ އިޤުތިޞާދީ ޓީމަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު