Wednesday, 9 September 2026
Ads by

އައްޑޫ ލިންކް ރޯޑް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި: 4،000 އަށްވުރެ ގިނަ މީޓަރުގެ ސަރަޙައްދެއް އާރުޑީސީން ސާފުކޮށްފި

އައްޑޫ ލިންކް ރޯޑް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި: 4،000 އަށްވުރެ ގިނަ މީޓަރުގެ ސަރަޙައްދެއް އާރުޑީސީން ސާފުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، މަގު ފުޅާކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބާރުދުވެލީގައި ކުރިއަށް އެބަގެންދެއެވެ.

Ad Image
Ads by

އާރުޑީސީން އެކްސް މެދުވެރިކޮށް ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ލިންކް ރޯޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މަގު ފުޅާކުރުމަށާއި އިތުރު ލޭންތައް ހެދުމަށްޓަކައި މިހާތަނަށް ޖުމްލަ 4,120 މީޓަރުގެ ސަރަޙައްދެއް ވަނީ ސާފުކޮށްފައެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެ ކުންފުނިން ބުނެފައިވަނީ، މަގު ހެދުމަށްޓަކައި ސާފުކުރާ ސަރަޙައްދުގައި ހުރި ރުއްތަކާއި ގަސްތައް ނެގުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިގޮތަށް ނެގޭ ރުއްގަސްތައް ނައްތާލުމުގެ ބަދަލުގައި، އެ ތަކެތި އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށްޓަކައި ރައްކާތެރިކަމާއެކު ނެގުމުގެ މަސައްކަތް ކުރަމުންދާކަން ޔަޤީންކޮށްދީފައިވެއެވެ.

ސަރުކާރުން އައްޑޫ ސިޓީގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ އެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ. މަގު ފުޅާވެ އިތުރު ލޭންތައް އިތުރުވުމުން، އައްޑޫ ލިންކް ރޯޑް ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބި، ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

އާރުޑީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުގެ އިރުޝާދުގެ ދަށުން ހަލުވިކަމާއެކު ކުރިއަށްގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި