Ads by
ޚަބަރު
އިމްރާން ވިދާޅުވީ މުޢިއްޒަށް ވޯޓު ލިބޭނީ ރައީސަށް ވުރެ 8 ޕަސެންޓް މަދުން ކަމަށް

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަށް ވޯޓު ލިބިވަޑައިގަންނަވާނީ ރައީސަށް ވުރެ 8 ޕަސެންޓް މަދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހދ. ކުޅުދުށްފުއްޓަށް ވަޑައިގެން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އެންމެ މަދުވެގެން ވެސް މުއިއްޒު އޮންނާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ 8 ޕަސެންޓް ދަށުގައި ކަމަށެވެ.

“އެންމެ މަދުވެގެން ވެސް އަށް ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭ ދަށުގައި އޮންނާނީ” އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މި އިންތިހާބު ސީރިއަސްކޮށް ނަގަނީ ހަމައެކަނި ރައީސް ޞާލިޙް ކަމަށެވެ. އަދި ދެންތިބި ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ހިލޭ ގެންގޮސް ރައީސްކަން ދިނަސް ހަ މަސް ވަންދެން ވެސް އެ ޒިންމާ އަދާކުރެވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *