Wednesday, 9 September 2026
Ads by

އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ

އިސްލާމީ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލަނީ

އިސްލާމީ ބޮޑު ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ހާމަކުރެއްވި ގޮތުގައި، މި ޕްލޭނަކީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ޢީދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރުތީބުވެގެންވާ ނިޒާމެއްގެ ދަށުން ފާހަގަކުރުމަށް އެކުލަވައިލާ ޕްލޭނެކެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ތެރޭގައި މިހާރު ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާ، އަމަލީ މަސައްކަތް ފަށާފައެވެ.

މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމުގެ ގޮތުން މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީއާއި، ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން މަޢުލޫމާތު ދެއެވެ.

މި ޕްލޭނާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިދާނެ ބައެއް ސުވާލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއީ އައު ޤަވާއިދުތަކެއް ހެދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

”ޕްލޭންއެކޭ މި ބުނަނީ ގަވާއިދުތަކެއް ހަދާ ވާހަކައެއް ނޫން. މިއީ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ޢީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ހަރަކާތްތަކެއްގެ ވާހަކަ،“ މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްލޭންގެ މައިގަނޑު މަޤުޞަދަކީ އިސްލާމީ އުޞޫލުތަކާއި ދިވެހި ސަޤާފީ ރީތި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެއްބައިވަންތަކަމާއެކު ޢީދުގެ އުފާ ފާޅުކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ޝިޢާރުތައް އާލާކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ގޮތުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި