Sunday, 26 July 2026
Ads by

ދިވެހި ސިފައިންގެ އެއަރ ކޯރޕްސް އިފުތިތާހުކޮށް ޑްރޯން ބޭނުންކުރަން ފަށައިފި

ދިވެހި ސިފައިންގެ އެއަރ ކޯރޕްސް އިފުތިތާހުކޮށް ޑްރޯން ބޭނުންކުރަން ފަށައިފި

އެމްއެންޑީއެފް އެއަރ ކޯރޕްސް އިފުތިތާހުކޮށް ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބަލަހައްޓަން ޑްރޯން ބޭނުންކުރަން ވަނީ ފަށާފައި - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއަރ ކޯރޕްސް އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވައިފިއެވެ.

Ad Image
Ads by

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި މިރޭ ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޔޫއޭވީގެ ޚިދުމަތް ތަޢާރަފުކޮށްދެއްވުމަށްފަހު، ރައީސް ވަނީ ”އެމްއެންޑީއެފް އެއަރ ކޯރޕްސް“ ގެ ނަމުގައި އިފުތިތާހުކޮށްދެއްވި ވައިގެ ސިފައިންގެ ޚިދުމަތް ފެށުމުގެ ޤަރާރުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު އެމްއެންޑީއެފްއަށް ޔޫއޭވީ އާއި ’އެއަރ ސަރވެއިލަންސް‘ ގާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވާފައެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް އެއަރ ކޯރޕްސްގެ ޚިދުމަތާ އެކު އެންމެ ފުރަތަމަ ވައިގެ ޚިދުމަތުގެ ތެރެއަށް އިފުތިތާހުކުރީ އަސްކަރީ ޑްރޯން ނުވަތަ ޔޫއޭވީ ކަމަށެވެ. މިރޭ އަސްކަރީ ދެ ޑްރޯން ތަޢާރަފު ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ”އަންމޭންޑް“ އަދި ”މޭންޑް“ ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް އިތުރުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ބަޖެޓު ތަންދޭ ވަރަކުން ވައިގެ ސިފައިންގެ ޚިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށެވެ.

ދިވެހި ސިފައިންގެ ތެރެއަށް ވައިގެ ޚިދުމަތް ތަޢާރަފުކުރުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން އޮޕަރޭޓްކުރަން ފެށުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ފާހަގަކުރިއިރު، ޑްރޯން އޮޕަރޭޝަންތަކުގެ ބޭސްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވެސް އެ އެއަރޕޯޓެވެ.

ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބަލަހައްޓަން ތުރުކީން ގެނައި ތިން ޑްރޯންއަކީ އެ ޤައުމުން އުފައްދާ ”ބައިރަކްތާރު ޓީބީ 2“ ގެ ތިން ޑްރޯންއެވެ. ކުރިމަގުގައި އިތުރު ޑްރޯންތައް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ޑިފެންސް މިނިސްޓަރު، މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ސިފައިންގެ އިސް ވެރިންނާއި ދައުލަތުގެ އިސް ވެރިންނާއި ރާއްޖޭގެ އަސްކަރީ ޚިދުމަތުގައި އިސް ދައުރެއް މީގެ ކުރިން އަދާކޮށްދެއްވާފައިވާ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި