Sunday, 26 July 2026
Ads by

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ޝަހީދު

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ޝަހީދު

ފަނޑިޔާރު ޝަހީދު--- ފޮޓޯ: ޖޭއެސްސީ

ހުސްވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކޮށްފިއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ޖޭއެސްސީން ވަނީ، ނައިބު ރައީސްކަމުގެ މަގާމަށް އަލަށް އައްޔަންކުރެވުނު ބޭފުޅާއަށް މަރުހަބާ ދަންނަވައިފައެވެ. މި މަގާމު ހުސްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި އިންނެވި ޔަޒްމީދު މުޙައްމަދު، ހުސްވި މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި މިހާރު ރައީސްގެ ފަރާތްޕުޅުން އިންނަވަނީ ޢަލީ ނަޞީރު ޤާސިމެވެ.

ފަނޑިޔާރު ޝަހީދަކީ ޝަރުޢީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް އޭނާ ވަނީ މީގެ ކުރިން ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އޭނާ އައްޔަންކުރެވުނީ، އޭރު އެ ކޯޓުގައި އިންނެވި ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމާ ގުޅިގެން، މިދިޔަ އަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ޖޭއެސްސީގެ މެންބަރު ކަމަށް އޭނާ އައްޔަންކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި