Wednesday, 9 September 2026
Ads by

ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ މަޖިލީސް ލިބިގެން: ރައީސް

ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ މަޖިލީސް ލިބިގެން: ރައީސް

ރައީސް މުޢިއްޒު: ވިދާޅުވީ ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ތެރެއިން އެ ފުރުޞަތު ލިބިގެން ކަމަށް - ފޮޓޯ:ރައީސް އޮފީސް

ޕެންޝަން ފައިސާއަކީ ވަކި ޤާނޫނެއްގެ ދަށުން ހިނގަމުންދާ ކަމަކަށް ވުމުން އެކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ސިލްސިލާގެ ތެރެއިން ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ވަނީ ވަޒީފާގައި އުޅޭއިރު ޕެންޝަނަށް ނަގާ ފައިސާ، ވަޒީފާއިން ވަކިވުމަށްފަހު ދަތި ހާލުގައި އުޅުނަސް ލިބޭނެ ގޮތެއް ނެތް ކަމުގެ ކަންބޮޑުވުމާ އެކު ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޕެންޝަނަކީ ވަކި ޤާނޫނެއްގެ ދަށުން ނަގަމުން އަންނަ އެއްޗަކަށް ވާތީ އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ޤާނޫނު އިޞްލާޙު ކޮށްގެން ކަމަށެވެ.

”އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް. އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަން. އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވެފައި ވަނީ ފާޠިމަތު ފާހަގަކުރެއްވި ކަންބޮޑުވުންތައް އެމަނިކުފާނަށް ގަބޫލުކުރެއްވޭ ކަމަށާއި އެއަށް ހައްލެއް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން އެކަނި ކަމަށެވެ.

”އެހެންވީމާ ތި ވިދާޅުވި ކަހަލަ އިޞްލާޙުތައް ގެނެވޭނެ ފުރުޞަތު ރައްޔިތުންގެ މަޖިލީސް ތެރެއިން ލިބިގެން ދިއުމަކީ ތި ވިދާޅުވި ކަހަލަ ކަންތައްތައް ކުރެވޭނެ ގޮތް، މަގުފަހިވާނެ ގޮތް،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި