Ads by
ޚަބަރު
މަތިވެރިން މުއިއްޒަށް ހަމަލާއެއް ދިނުމަށް މަސައްކަތްކޮށްފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ.މަތިވެރިއަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެރަށުން ބަޔަކު ހަމަލާދޭން މަސައްކަތްކޮށްފިއެވެ.

Ads by Eki Online

މުއިއްޒު ކެމްޕޭނަށް މަތިވެރިއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ނިކުމެތިބި މީހުންނާ ސަލާމްކުރައްވަމުން މުއިއްޒު ގެންދަވަނިކޮށް އެސަރަހައްދު ވަނީ މުއިއްޒަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައެވެ. މުއިއްޒަށް ހަމަލާދޭ މަސައްކަތްކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެވިޑިއޯގައި ފެންނަ ގޮތުގައި މުއިއްޒަށް ހަމަލާދޭން މަސައްކަތްކުރާ މީހާ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާއި ފުލުހުން އެ މީހުން ހިފަހައްޓާ މަންޒަރު ފެނިގެންދެއެވެ.

މި ހާދިސާގައި ޑރ.މުއިއްޒަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައިނުވެއެވެ.
މަތިވެރިން ޑރ.މުއިއްޒުއަށް ހަމަލާދޭން މަސައްކަތްކުރިއިރު، މި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރަށްވެސް މީގެ ކުރިން ވަނީ ހަމަލާ ދީފަ އެވެ. އަދި އުމަރަށް ވަނީ މަރުގެ އިންޒާރުވެސް ދީފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *