Wednesday, 9 September 2026
Ads by

ހިޒްބުالله އިން ހަމަލާދިނުން ހުއްޓާލައިފިނަމަ ހަނގުރާމަ މަޑުޖައްސާލަން އިޒްރޭލުން އެއްބަސްވެއްޖެ

ހިޒްބުالله އިން ހަމަލާދިނުން ހުއްޓާލައިފިނަމަ ހަނގުރާމަ މަޑުޖައްސާލަން އިޒްރޭލުން އެއްބަސްވެއްޖެ

އިޒްރޭލުން ދެކުނު ލުބުނާނަަށް އިއްޔެ ދީފައިވާ ހަމަލާއެއްގެ މަންޒަރު

އިޒްރޭލާއި ލުބުނާނުން ހަމަލާބަދަލުކުރުން މަޑުޖައްސާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ. މި އެއްބަސްވުން ފެށިގެންދާނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ދެމުންދާ ހަމަލާތައް މުޅިން ހުއްޓާލުމުން ކަމަށް އެ ބަޔާނުގައިވެއެވެ.

Ad Image
Ads by

މި އެއްބަސްވުމަށް އާދެވިފައިވަނީ، މިދިޔަ އޭޕްރިލް މަހު އެންމެ ފުރަތަމަ އެއްބަސްވި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޓެސްޓުކޮށް، ބުދަ ދުވަހު އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، ހިޒްބުالله އިން އިޒްރޭލުން ވެރިވެގަނެފައިވާ ފަލަޞްޠީނުގެ އުތުރަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލި ހާދިސާއަށް ފަހުގައެވެ.

”އިޒްރޭލާއި ލުބުނާނުގެ ދެމެދުގައި އޮންނާނެ މުސްތަގުބަލުގެ ގުޅުން ނިންމަންވާނީ ދެ ގައުމުގެ މިނިވަން ސަރުކާރުން ކަމަށް ހުރިހާ ގައުމަކުންވެސް އަލުން ކަށަވަރުކޮށްދިނެވެ. އަދި ލުބުނާނުގެ މުސްތަގުބަލު ރަހީނުކުރުމަށް އެއްވެސް ދައުލަތަކުން ނުވަތަ ދައުލަތް ނޫން ޖަމާއަތަކުން ކުރާ އެއްވެސް މަސައްކަތެއް އެ ގައުމުތަކުން ގަބޫލެއް ނުކުރެއެވެ،“ އީރާނުގެ މަދަދުލިބޭ ހިޒްބުالله އަށް ނިސްބަތްކޮށް އެމެރިކާގެ އެ ބަޔާނުގައިވެއެވެ.

މިއަހަރުގެ އޭޕްރިލް 16 ގައި އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ލުބުނާނާ ދެމެދު އެކުލަވާލި ހަމަލާބަދަލުކުރުން މަޑުޖައްސާލުމުގެ އެއްބަސްވުމުން ހަނގުރާމަ ހުއްޓުވޭގޮތް ވަނީ ނުވެފައެވެ. އަދި އިޒްރޭލުން ވެރިވެގަނެފައިވާ ފަލަޞްޠީނުގެ  އުތުރުގެ ސަރަހައްދުތަކަށް ދެމުންދިޔަ ޑްރޯން އަދި ރޮކެޓް ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ހިޒްބުالله އަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ލުބުނާނުގެ އެތެރެއަށް އިޒްރޭލުގެ ސިފައިން ވަދެގަތުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު