Sunday, 26 July 2026
Ads by

ހައި ކޯޓުގެ ހުކުމާއި އެކު އިންސްޕެކްޓަރު ޝިޔާމަށް 12 އަހަރު ފަހުން ފުލުހުންގެ ވަޒީފާ އިޔާދަކޮށްފި

ހައި ކޯޓުގެ ހުކުމާއި އެކު އިންސްޕެކްޓަރު ޝިޔާމަށް 12 އަހަރު ފަހުން ފުލުހުންގެ ވަޒީފާ އިޔާދަކޮށްފި

ފުލުހުންގެ ވަޒީފާ އިން ވަކިކުރިތާ 12 އަހަރު ފަހުން، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަށް ހައިކޯޓުގެ އަމުރާ އެއްގޮތަށް އަލުން ވަޒީފާ ދީފިއެވެ.

Ad Image
Ads by

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ޝިޔާމް ވަޒީފާ އިން ވަކިކުރީ މެއި 2014 ގައެވެ. މި މައްސަލާގައި ފުރަތަމަ ސިވިލް ކޯޓުން ހުކުމްކުރީ އޭނާ އަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ލިބުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

ހައިކޯޓުގެ މި ނިންމުމާ އެއްގޮތަށް ފުލުހުންގެ އިދާރާ އިން މިހާރު ވަނީ ޝިޔާމަށް ވަޒީފާ ހަމަޖައްސައިދީފައެވެ. ވަޒީފާއަށް އަލުން ނުކުންނަވަން ފެއްޓެވުމަށްފަހު ޝިޔާމް ވިދާޅުވީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ފުލުހުންގެ ވަޒީފާ އާއި ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން، ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. އަދި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ހިންގައި، އެކަށީގެންވާ ހެކި ލިބިފައިވޭތޯ ކޯޓުތަކުން ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައެއް ނުވެއެވެ.

ޝިޔާމަށް ވަޒީފާ އަލުން ދިން ނަމަވެސް، ވަޒީފާގައި ނެތް މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން، އެ ފައިސާ އަދި އޭނާއަށް ދީފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އުސޫލެއްގައިވާ ގޮތުން، ވަޒީފާ އަނބުރާ ދޭ ހާލަތްތަކުގައި މުސާރައިގެ ގޮތުގައި ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ އުޖޫރައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި