Wednesday, 9 September 2026
Ads by

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަނުވާތީ ”ދަ ޑިމޮކްރެޓްސް“ އުވާލައިފި

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަނުވާތީ ”ދަ ޑިމޮކްރެޓްސް“ އުވާލައިފި

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން---

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަނުވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، އިލެކްޝަނުން އުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަކޮށްފައި ނުވާތީ، ދަ ޑިމޮކްރެޓްސްއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި މި ވަގުތު 1،569 މެންބަރުން ތިބިއިރު ލޭބަރ ޕާޓީގެ ދަފްތަރުގައި ތިބީ އެންމެ 1،357 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަ ޑިމޮކްރެޓްސް ޕާޓީއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ޞާލިޙާ ދެމެދު އުފެއްދުނު ނުތަނަވަސްކަމުގެ ތެރެއިން ނަޝީދުގެ ވަފާތެރި މެންބަރުން އެމްޑީޕީން ވަކިވުމަށްފަހު އުފެއްދި ޕާޓީއެކެވެ. ޑިމޮކްރެޓްސް އުފެއްދީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް އެ ޕާޓީއަށް މާ ބޮޑު ތަރުހީބެއް ނުލިބުމުގެ ސަބަބުން، ޕާޓީ ދޫކުރައްވައި ނަޝީދާއި އޭނާގެ ވަފާތެރި މެންބަރުންގެ ގިނަ ބަޔަކު ވަނީ މި އަހަުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޕާޓީއާ އަލުން ގުޅިވަޑައިގެން ނަޝީދު ވަނީ، އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާކަން އިއުލާންކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި