Saturday, 24 October 2026
Ads by

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅޭ މައްސަލަތައް ބަލައި ލަފާ ދޭން ”ހައުސިންގ ކޮމެޓީ“ އުފައްދައިފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅޭ މައްސަލަތައް ބަލައި ލަފާ ދޭން ”ހައުސިންގ ކޮމެޓީ“ އުފައްދައިފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅޭ މައްސަލަތައް ބަލައި ލަފާ ދޭން އުފެއްދި ހައުސިންގ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ހައުސިންގ މިނިސްޓްރީ

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅޭ މައްސަލަތައް ބަލައި ލަފާ ދިނުމަށް ”ހައުސިންގ ކޮމެޓީ“ ގެ ނަމުގައި ކޮމެޓީއެއް އުފައްދައިފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީ އެކުލަވާލާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން ފަށާފައިވާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް އާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ އަދި ކުރިއަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމުމަށް ލަފާދިނުމަށް ކަމަށެވެ.

ހައުސިންގ ކޮމިޓީގައި ފަސް ބޭފުޅަކު ހިމެނޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެއީ؛

  • އަނީސާ އަޙްމަދު
  • އާމިނަތު އީނާސް
  • އަޙްމަދު ޢަލީ މަނިކު
  • ޢަބްދުލްޢަޒީޒް ޔޫސުފް
  • މަރިޔަމް ފިޒާނާ ރަޝީދު

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ހައުސިންގ މިނިސްޓްރީގައި ވަނީ ބާއްވާފައެވެ. ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ކޮމެޓީގެ ޗެއަރއެއްގެ ގޮތުގައި ޢައްޔަންކުރައްވާފައި ވަނީ އަނީސާ އަޙްމަދު ކަމުގައެވެ. އަދި ކޮމިޓީގެ ވައިސް ޗެއަރއެއްގެ ގޮތުގައި ޢައްޔަން ކުރެއްވީ ޢަބްދުލް ޢަޒީޒް ޔޫސުފް ކަމަށާއި މި ކޮމެޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ އެ މިނިސްޓްރީގެ ފަރާތުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މިފަދަ ކޮމެޓީއެއް އުފައްދާފައި މި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ލިސްޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ހިންގި ތަޙުޤީޤަގަކަށް ފަހުގައެވެ. އެ ތަޙުޤީޤަށް ފަހު އޭސީސީން ބުނެފައި ވަނީ ފްލެޓު ދިނުމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި