Sunday, 25 October 2026
Ads by

ބުޅަލަކަށް އިހުސާންތެރިވި ޝެއިޚް ޒަމްޒަމް ފާރިޝްގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް !

ބުޅަލަކަށް އިހުސާންތެރިވި ޝެއިޚް ޒަމްޒަމް ފާރިޝްގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް !

އުސް ފާރެއްގެ މަތީގައި ތާށިވެފައި އޮތް ބުޅަލަކާއި އޭގެ ދަރިއަކަށް އެހީތެރިވުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ކުރެއްވި މަސައްކަތް ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް..

އުސް ފާރެއްގެ މަތީގައި ތާށިވެފައި އޮތް ބުޅަލަކާއި އޭގެ ދަރިއަކަށް އެހީތެރިވުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ކުރެއްވި މަސައްކަތް ދައްކުވައިދޭ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ.

Ad Image
Ads by

މީގެ ދެ ދުވަސް ކުރިން ހިނގި މި ހާދިސާގެ ތަފްސީލު ޝެއިޚް ޒަމްޒަމް ފާރިޝް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރައްވާފައެވެ. ޝެއިޚް ވިދާޅުވި ގޮތުގައި، އެ ބުޅާ އޭގެ ދަރި ގޮވައިގެން އޮތީ އަށް ފޫޓު އުސް ފާރެއްގެ މަތީގައެވެ. ފާރު މާ އުސްވުމުގެ ސަބަބުން ދަރި ގޮވައިގެން ތިރިއަށް ފޭބޭނެ ގޮތެއް އެ ބުޅަލަކަށް ނެތެވެ. އަދި ދަރި އެކަނި ދޫކޮށްލައިފި ނަމަ ބިމުގައި ޖެހި މަރުވެދާނެތީ އެ ސޮރު އޮތީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އެ ބުޅާ އޮތް ހާލަތު ފެނިވަޑައިގަތުމުން، ޝެއިޚް ވަނީ އެ ސޮރަށް އެހީތެރިވުމަށް ގާތަށް ވަޑައިގެންފައެވެ. ”އެ ސޮރު އޮތް ހާލު ފެނިފައި އަޅުގަނޑު އެ ސޮރު ކައިރިއަށް ދިޔައީ. އަދި ދަރި ސޮރު އަޅުގަނޑު އަތަށް ވައްޓާލުމަށްޓަކައި އަޅުގަނޑުގެ އަތް ދިއްކޮށްލީމެވެ،“ ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ކިޔައިދެއްވި ގޮތުގައި، އަތް ދިއްކޮށްލުމުން އެ ބުޅާ ގާތްގަނޑަކަށް ފަސް ސިކުންތު ވަންދެން ޝެއިޚާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. އޭގެ ފަހުން، މުޅިން ނުދަންނަ އިންސާނަކަށް އިތުބާރުކޮށް، އޭގެ ލޯބިވާ ދަރި ޝެއިޚްގެ އަތްމައްޗަށް ވައްޓާލިއެވެ. ދަރިފުޅު ރައްކާތެރިކަމާއެކު ޝެއިޚަށް ހަވާލުކުރުމަށްފަހު، އެ ބުޅާ ވަނީ ވަގުތުން ތިރިއަށް ފުންމާލައި، ދަރިފުޅުގެ ލަފުގައި ހިފައިގެން ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ.

މި ހައިރާންކުރުވަނިި މަންޒަރާ ގުޅޭގޮތުން ޝެއިޚް ވިދާޅުވީ، މިއީ މާތްﷲގެ ކުޅަދުންވަންތަކަން ހާމަވާ ކަމެއް ކަމަށެވެ.

”ސުބްޙާނަﷲ، މާތްﷲގެ ކުޅަދުންވަންތަކަމާއެވެ. އެ ސޮރު ނުވެސް ދަންނަ އިންސާނަކަށް އިތުބާރުކޮށްފައި އެޔޮއް މަތިން އެ ސޮރުގެ ދަރި އެ ވައްޓައި، ހަވާލުކުރީ. އަދި އެވަރުގެ ކަމެއް ކުރަން އެ ސޮރުގެ ބުއްދިން ވިސްނައި ފިކުރުކޮށްފައި ދަރީގެ ހައްގުގައި އެކަން އެކުރީ،“ ޝެއިޚްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ ޝެއިޚްގެ އިހުސާންތެރިކަމަށް ތައުރީފުކޮށް، ދިރޭތަކެއްޗަށް އޯގާތެރިވުމުގެ މުހިންމުކަމާ މެދު ޝުއޫރު ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި