Wednesday, 9 September 2026
Ads by

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޒުވާނުން ފަންނީ ތަމްރީނަށް ކިހާދޫއަށް: ޤައުމީ ޚިދުމަތުގެ އާ ފެށުމެއް!

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޒުވާނުން ފަންނީ ތަމްރީނަށް ކިހާދޫއަށް: ޤައުމީ ޚިދުމަތުގެ އާ ފެށުމެއް!

އަމިއްލަ ނަފުސަށް އިތުބާރުކުރާ، އިސްލާމީ ޢަޤީދާ ވަރުގަދަ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ދިވެހި ވަޠަނީ ޚިދުމަތް“ (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ދަށުން، ފަންނީ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ބައިވެރިން މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

Ad Image
Ads by

މިކަން އިޢުލާނު ކުރެއްވީ ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

މިއަދު ބ. ކިހާދޫއަށް ފުރާފައިވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، އިތުރު ފަންނީ ތަމްރީނުތައް ހާސިލުކުރުމަށް ޝައުޤުވެރިކަން ފާޅުކުރި ބައިވެރިންނެވެ.

މި ޒުވާނުން ތަމްރީނު ހޯދުމަށް ހަމަޖެހިފައިވަނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މި ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ 77 ޒުވާނުން ބައިވެރިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ޢިލްމާއި ހުނަރު ހޯދުމުގެ ފުރުޞަތު މި ޒުވާނުންނަށް ލިބިގެންދާނެއެވެ. މިއީ ޤައުމީ ޚިދުމަތަށް ނުކުންނަ އިރު، ކޮންމެ ޒުވާނަކީވެސް މަސައްކަތުގެ މައިދާނަށް އަހުލުވެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ.

މި ތަމްރީނުތަކަކީ ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި ތަމްރީނުތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި، ޤައުމީ ރޫޙު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ޒަރީޢާއިން، ދިވެހި ޤައުމަށް ވަފާތެރި، އަޚުލާޤު ރަނގަޅު، އަދި އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ.

މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އަސްކަރީ ތަރުބިއްޔަތާއި، އަޚުލާޤާއި، ދީނީ ކަންކަމަށް އަހުލުވެރިކުރުވުމުގެ ”ބޭސިކް“ ތަމްރީނެވެ. ދެވަނަ ބަޔަކީ މިހާރު ފަށާފައިވާ ”ފަންނީ ތަމްރީނު“ ތަކެވެ. މީގެ ތެރޭގައި އިންޖިނިއަރިންގ، ލޮޖިސްޓިކްސް، އަދި އެހެނިހެން ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ތަމްރީނުކުރެވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޑިފެންސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެންނެވެ. ބ. ކިހާދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަކީ މިފަދަ ފަންނީ ތަމްރީނުތައް ދިނުމަށް ޚާއްޞަކޮށްފައިވާ މަރުކަޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ 1 އޮކްޓޯބަރ 2025 ގައި ޅ. އަތޮޅު މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ މި ދައުރުގައި މި ޕްރަގްރާމުން 5,000 ޒުވާނުން ތަމްރީންތައް ފުރިހަމަކޮށްގެން ނިކުތުން ކަމަށެވެ.

އޮކްޓޯބަރު 1 2025 ގައި ޅ. މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކޮށްދެއްވަނީ.. ފޮޓޯ / ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ތަމްރީނުގެ ބައިވެރިންނަށް ރައީސް މުޢިއްޒު އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަގްބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ގައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބެޗު ފުރިހަމަ ކޮށްނިމިފައިވާއިރު މި ޕްރޮގްރާމަށް ގިނަ ރައްޔިތުންގެ ތާއީދު ދަނީ ލިބެމުންނެވެ. އަދި އެތައް ބެލެނިވެރިންގެ ޝުކުރާއި ތަޢުރީފް ރައީސް މުޢިއްޒުއާއި ސަރުކާރަށް ދަނީ އޮހެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި