Wednesday, 9 September 2026
Ads by

ހުޅުމާލެ އުތުރުން ޒަހިއްޔާ ހޮވީ ރަސްމީ ވަގުތުތަކުގައި އަންނިއާއެކު ބަށި ކުޅެންތަ؟

ހުޅުމާލެ އުތުރުން ޒަހިއްޔާ ހޮވީ ރަސްމީ ވަގުތުތަކުގައި އަންނިއާއެކު ބަށި ކުޅެންތަ؟

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ޒަހިއްޔާ (ކ) އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ވ)---

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ މަގާމަށް އިންތިހާބުކުރީ ރަސްމީ ވަގުތުތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ބަށި ކުޅެން ހެއްޔެވެ؟ މިއީ މިއަދު އެމްޑީޕީއަށް ނިސްބަތްވާ އާންމު މެންބަރުން ކުރަމުން އަންނަ ސުވާލެކެވެ.

Ad Image
Ads by

އެމްޑީޕީގެ އާންމު މެންބަރުން މި ސުވާލު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އެގޮތުން މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުން އެ މަގާމަށް ޒަހިއްޔާ އިންތިހާބުކުރީ ވަރަށް ވެސް ފޮނި އުންމީދުތަކާއެކުގައެވެ. އެގޮތުން ކެމްޕޭނު ތެރޭގައި ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހަރަކާތްތަކުގައި ޒަހިއްޔާ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އޭނާ އަބަދު ވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި އެއްވެސް ވަރުބަލި ކަމެއްނެތި ކަމަށެވެ.

ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި 24 ގަޑިއިރު މަސައްކަތްކުރާނެ ކަމަށް ވައުދުވެ، ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ޒަހިއްޔާގެ އަމަލުތައް މިހާރު ފެނިގެންދަނީ އޭރު ދެއްކި ވާހަކަތަކާއި ދިމާ މުޅިން އިދިކޮޅަށެވެ. އެގޮތުން ރައްޔިތުން ހަވާލުކުރި ޒިންމާއިން ރެކިގަނެ، ޒަހިއްޔާ ފެނިގެންދަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭނުގައި ރެއާއި ދުވާލު ހަރަކާތްތެރިވާ މަންޒަރެވެ.

އެގޮތުން ރަސްމީ ދުވަސް ތަކުގައި ކައުންސިލަށް ހާޒިރުނުވެ، ނަޝީދާއެކު ކެމްޕޭނުގައި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށަށް ގޮސް ބަށިކުޅެ އުޅުމާއި، މާލޭގެ އެކި އަވަށްތަކުގައި ހިންގާ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެ ޑްރާމާ ކުޅުން ފަދަ ކަންކަމުގައި ޒަހިއްޔާ އިސްވެ ހަރަކާތްތެރިވެ އުޅޭތީ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. މީގެ އިތުރުން ރައްޔިތުން އަމާނަތްތެރިކަމާއެކު ހަވާލުކުރި ޒިންމާއިން ރެކިގަނެ، އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކު 32 ހާސް ރުފިޔާގެ މުސާރައެއް ލިބޭއިރު، އަތޮޅުތެރޭގެ ރަށްރަށަށް ހޮލިޑޭގައި ދަތުރު ހަދާފައި ގޮސްއުޅޭ އުސޫލުން ނަޝީދުގެ ކެމްޕޭނުތަކުގައި ރަށްރަށަށް ގޮސް އުޅޭތީ އޭނާ އެމަޤާމުން އަމިއްލައަށް ވަކިވުމަށާއި، ކަން ކުރެވޭނެ ފަރާތަކަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ނަޝީދުގެ ކެމްޕޭނުގައި ޒަހިއްޔާ އިސްކޮށް ހަރަކާތްތެރިވެ އުޅޭތީ ހުޅުމާލެ އުތުރު ދާއިރާގެ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފަސް އަހަރުދުވަހުގެ މުއްދަތަކަށް އިންތިހާބުކުރުމުން އެ ފަސް އަހަރު ބޭކާރުގޮތުގައި ދުއްވާލާނީ ނަޝީދުގެ ”ޕަޕެޓެއް“ ގެ ގޮތުގައިތޯ އެ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި