Saturday, 17 October 2026
Ads by

4 މަސްދުވަހުގެ މުސާރައާއެކު ފެނަކައިގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު

4 މަސްދުވަހުގެ މުސާރައާއެކު ފެނަކައިގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު

ފެނަކަ ކޯޕަރޭޝަންގެ ނަންބޯޑު---

ހަތަރު މަސްދުވަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

Ad Image
Ads by

ފެނަކަ ކޯޕަރޭޝަންގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ޙަސަން ސޮއިކުރައްވައި، އެ ކުންފުނީގެ ހުރިހާ ގޮފިތަކަކަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވަނީ، މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ މުވައްޒަފުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ކުންފުނީގެ އެޗްއާރް ޑިޕާޓްމެންޓަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ބަދަލެއްގެ ގޮތުން ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ކުންފުނިން ނިންމާފައިވާއިރު، މިއީ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަންފީޒުކުރުމުގެ ގޮތުން އެ ކުންފުނިން ފަށާފައިވާ މަސައްކަތެކެވެ.

ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފައެވެ. އެއާއެކު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

ފެނަކަ ކޯޕަރޭޝަންގައި 8،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި