Sunday, 26 July 2026
Ads by

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށަން ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ވިޓޯލްއަށް

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށަން ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ވިޓޯލްއަށް

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށަން ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ވިޓޯލް އާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެސްޓީއޯ

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލް އާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ވިޓޯލްގެ ފަރާތުން ސޮއި ކުރެއްވީ އެ ގްރޫޕުގެ ޑިރެކްޓަރު ޖޭ އެންގްއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އެސްޓީއޯއިން ބުނީ ވިޓޯލް އާއެކު ސޮއިކުރާ ޓާރމް ޝީޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ކަނޑައަޅައި، އެކަންކަން ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ސޮއިކުރެވޭ ޓާރމް ޝީޓްއެއް ކަމަށެވެ. އެ ކުންފުންޏާއި ވިޓޯލްއަކީ ވިޔަފާރީގެ ގޮތުން ވަރަށް ތާރީޚީ ގުޅުންތަކެއް އޮންނަ ދެ ކުންފުނި ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވެފައި ވަނީ ބަންކަރިން މަޝްރޫއަކީ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ އިތުރުކުރުމަށް ފަހި ފުރުޞަތަކަށް ވާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރު ކުރެވޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫޢު އާއެކު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވާނެ ކަމުގައެވެ.

ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ ރާއްޖެއަކީ ބަންކަރިންއަށް އެންމެ ފުރިހަމަ ސަރަޙައްދު ކަމަށާއި މި ސަރަޙައްދަކީ ބޮޑެތި ގިނަ އުޅަނދު ފަހަރުތަކެއް ދަތުރު ކުރަމުން އަންނަ ސަރަޙައްދަކަށް ވުމާ އެކު އިހަވަންދިއްޕޮޅަކީ މައި ބަންކަރިން ހަބެއްގެ ގޮތުގައި މަޤުބޫލު ތަނަކަށް ވާނެ ކަމަށެވެ. މި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކަލް އެހީ ދޭނެ ކަމަށް ވެސް ޖޭ އެންގް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި ފަދަ މަޝްރޫޢެއް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާ އެކު ހިންގުމުގެ ފުރުޞަތު ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމުގައެވެ.

މިދިޔަ މަހު ހއ. ހޯރަފުށީގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވެފައި ވަނީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާއެކު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ މަޝްރޫޢުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ޤައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމަށް ނިންމިއެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އެ އެއްބަސްވުން ހަމަވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގުބޯޓު ދަތުރުކުރި ނަމަވެސް އެ ބޯޓުފަހަރަށް ޚިދުމަތްތައް ދެވޭނެ ގޮތްތަކެއް އެ ސަރަޙައްދުގައި ގާއިމުކުރެވިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި