Saturday, 24 October 2026
Ads by

”އެސްޓީއޯ ވޯލްޑް ކަޕް ފޯރި“ ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

”އެސްޓީއޯ ވޯލްޑް ކަޕް ފޯރި“ ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ފީފާ ވޯލަޑް ކަޕަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު އެއް މުބާރާތެކެވެ. ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯތްބާއި އެކު، ކޮންމެ ވޯލްޑްކަޕަކާއި ދިމާކޮށް ހާއްސަ ތައްޔާރީތަކެއް ވަމުން އާދެއެވެ. އެގޮތުން މިއަހަރު ޖޫން މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތައް ތައްޔާރުވުމުގެ ގޮތުން، އެސްޓީއޯއިން ޖެނެރަލް ޓްރޭޑިންގއިން މިވަނީ ”އެސްޓީއޯ ވޯލްޑް ކަޕް ފޯރި“ ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ.

Ad Image
Ads by

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން، ގިނަ ބެރޭންޑްތަކެއްގެ ޓީވީތަކާއި ޕްރޮޖެކްޓަރތަކުން %28 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އެގޮތުން މި ޕްރޮޑަކްޓްތަކުގެ ތެރޭގައި ފިލިޕްސް ބްރޭންޑުގެ ޓީވީ އަދި އެލްޖީ ބްރޭންޑުގެ ޓީވީ އަދި ހަމަ އެއާއި އކު އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރ ހިމެނެއެވެ. މި ޕްރޮޑަކްޓްތަކުން 500ރ އިން މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޮޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 2 ބޭފުޅެއްގެ 5 ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެއެވެ.

ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ އިން މަތީގެ ވިޔަފާރި ކުރައްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކޮންމެ 3000ރ އިން މަތީ އިންވޮއިސް އަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ހާއްސަ އިނާމްތަކެއް ވަނީ ހުށައެޅިފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތައް 30،000ރ ޕްރޮޑަކްޓްތައް، ދެވަނައަށް ހޮވޭ ފަރާތައް، 20،000ރ ޕްރޮޑަކްޓްތައް އަދި 3 ވަނައަށް ހޮވޭ ފަރާތައް 10،000ރ ގެ ޕްރޮޑަކްޓްތައް ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު، ވޯލްޑް ކަޕާއި ގުޅެ އެކި އެކި ހަރަކާތްތަށް މެދުވެރިކޮށް ތަފާތު އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ، ހިތްހަމަ ޖެހިލައިގެން، އެއް މާހައުލެއްގައި އާއިލާއާއި އެކު ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުމެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 12 ޖުލައި 2026 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް ކުރިއަށްދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި