Ads by
ޚަބަރު
ރައްޔިތުން ތިބީ ޑރ. މުއިއްޒަށް ވޯޓު ދޭން ކެތްމަދުވެފައި: ޝިޔާމް

ރައްޔިތުން ތިބީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދޭން ކެތްމަދުވެފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ކެންޕޭނުގައި މިއަދު މާލޭގައި ބޭއްވި ޑޯޓުޑޯއަށް ފަހު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ބުނީ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށް ރައްޔިތުން ތިބީ ޑރ. މުއިއްޒުއަށް ވޯޓް ދޭން ކެންމަދުވެފައިވާކަމަށެވެ.

“ޑރ. މުއިއްޒުގެ ތަސައްވަރު މާލޭގެ ގޯޅިތަކާއި ގޭގޭގެ ސިންޓިން ރޫމްތަކާއި ހަމައަށް ފޯރައިފިކަމަށާއި މާލެ ރައްޔިތުން ތިބީ މުއިއްޒުއަށް ވޯޓުދޭން ކެތްމަދުވެފައި”  ޝިޔާމު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެއްބުރުން މުއިއްޒު އިންތިޚާބު ކާމިޔާބުކުރައްވާ ތަން ފެންނަކަމަށެވެ. ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު ޕީއެންސީގެ މެމްބަރުން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް މާލެ ސަރަހައްދުގައި ޑޯޓުޑޯ ފަށާފައެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ދަނީ އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންނެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *