Sunday, 26 July 2026
Ads by

ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކޮށް، ސަޕްލިމެންޓްރީއާ ނުލައި ދައުލަތުގެ ހަރަދުތައް މެނޭޖުކޮށްފި

ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކޮށް، ސަޕްލިމެންޓްރީއާ ނުލައި ދައުލަތުގެ ހަރަދުތައް މެނޭޖުކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރަތް--- ފޮޓޯ: އެކި އެމްވީ

މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން، ނިމިދިޔަ 2025 ވަނަ އަހަރަކީ މާލީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ބަޖެޓު ނަތީޖާ ބަޔާން 2025“ ގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 5 ބިލިއަން ރުފިޔާ ވަނީ ސަލާމަތްކުރެވިފައެވެ.

Ad Image
Ads by

2025 ވަނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް މީގެ ކުރިން އަންދާޒާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު ޖުމްލަ ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރާ އަޅާބަލާއިރު 5 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ. މި ބަދަލު އައުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް ކަމަށް ފިނޭންސް މިނިސްޓްރީން ބުނަނީ:

  • ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތައް
  • ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގުމަށް ގެނައި ބަދަލުތައް
  • ހިނގަމުންދާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެވުނު ފިޔަވަޅުތައް
  • އިސްރާފު ކުޑަކޮށް، ހަރަދުތައް ކުޑަކުރުމުގެ ހަރުދަނާ އޮނިގަނޑެއްގެ ދަށުން މަސައްކަތް ކުރުން
  • ބަޖެޓް ޑެފިސިޓް ކުޑަވުން

ހަރަދުތައް ކުޑަކުރުމާ ގުޅިގެން، ދައުލަތުގެ ބަޖެޓް ޑެފިސިޓް ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ ކުޑަވެފައެވެ. މީގެ ކުރިން 9.4 ބިލިއަން ރުފިޔާއަށް ޑެފިސިޓް މަތިވާނެ ކަމަށް އަންދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 3.6 އިންސައްތައެވެ.

ފާއިތުވި 6 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ޑެފިސިޓް މިހާ ދަށްވި ފުރަތަމަ އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން:

  • 2025: 3.6%
  • 2024: 9.9%
  • 2023: 10.5%
  • 2022: 8.4%
  • 2021: 10%
  • 2020: 16.6%

ހަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ހިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް އެއްވެސް ކަހަލަ ބުރޫއެއް އަރާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މުހިންމު ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ އަހަރު ހޭދަކުރުމަށް އަންދާޒާކޮށްފައިވަނީ 14.0 ބިލިއަން ރުފިޔާ ނަމަވެސް އެކަމަށް ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ. ދަރަނީގެ އިންޓްރެސްޓަށް ބަލައިލާއިރު، 5.6 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ލަފާކުރި އަދަދަށްވުރެ 74.4 މިލިއަން ރުފިޔާގެ އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނަނީ ފަތުރުވެރިކަމާ ގުޅޭ ފީތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ. އެގޮތުން:

  • ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ: 1.2 ބިލިއަން ރުފިޔާ.
  • ރިސޯޓު ކުލި: 2.1 ބިލިއަން ރުފިޔާ.
  • ވޯކް ޕާމިޓް ފީ: 793.4 މިލިއަން ރުފިޔާ.

މިދިޔަ 2025 ވަނަ އަހަރަކީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުނު އަހަރެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސަތުތަކުގެ ދަށުން ބަޖެޓު މެނޭޖްކޮށް، ދައުލަތުގެ ދަރަނިތައް އަދާކުރަމުން ގެންދިއުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި