Wednesday, 9 September 2026
Ads by

އެންސްޕާގެ މެޑިކަލް ވެލްފެއާ ހިދުމަތްތައް އާސަންދައިގެ ދަށަށް

އެންސްޕާގެ މެޑިކަލް ވެލްފެއާ ހިދުމަތްތައް އާސަންދައިގެ ދަށަށް

އެންސްޕާއިން ދެމުންއައި މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފިއެވެ.

Ad Image
Ads by

އެންސްޕާއިން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ، ސިއްހީ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ އިދާރީ ހުރަސްތައް ނައްތާލައި، އެއް ފުރާޅެއްގެ ދަށުން އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

މީގެކުރިން ބައެއް ހިދުމަތްތަކަށް އެދި އެންސްޕާއަށް އަދި އަނެއްބައި ހިދުމަތްތަކަށް އެދި އާސަންދައަށް ވަކިވަކިން ހުށަހަޅަންޖެހުމަކީ އާންމުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް އަމާޒުވަމުންދިޔަ ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މި ބަދަލާއެކު، އެންސްޕާއިން ކުރިން ދެމުންދިޔަ ފަސް ދާއިރާއެއްގެ ހިދުމަތް އާސަންދައިގެ ދަށަށް ބަދަލުވެގެންދާނެއެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާއި، ޓެސްޓްތައް ހެދުމާއި، މެޑިކަލް ޑިވައިސްތަކަށް ބޭނުންވާ އެހީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ސިއްހީ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން، ރިފަރަލްތަކާއި، ކުއްލި ފަރުވާގެ ހާލަތްތަކާއި، ތެލެސީމިއާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ހާއްސަ ހާލަތްތަކުގައި ދެވޭ އެހީތެރިކަން ވެސް ދެން ލިބިގެންދާނީ އާސަންދަ މެދުވެރިކޮށެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި ބަދަލުގެ ސަބަބުން އެންމެ އެޕްލިކޭޝަނެއް މެދުވެރިކޮށް ހުރިހާ ސިއްހީ އެހީއަކަށް އެދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މިގޮތަށް ބަދަލުވުމުން ހިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު އެއްތަނަކުން ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން މިހާރަށްވުރެ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއަށް ބަދަލުވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިހާރު އެންސްޕާއަށް ހުށަހަޅާފައިވާ މެޑިކަލް ވެލްފެއާ ފޯމުތަކަށް އިއްޔެއިން ފެށިގެން އާސަންދަ ކުންފުނިން ވަނީ ޖަވާބުދޭން ފަށައިފައެވެ. އަދި ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ ވެސް ދެން އުފުލާނީ އެ ކުންފުނިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި