Wednesday, 9 September 2026
Ads by

ބޮޑު ދަރަނި ދައްކައި މާލީ ކާރިސާއަކުން ރާއްޖެ ސަލާމަތްކުރުން: ”މިއީ އާދައިގެ ކާމިޔާބީއެއް ނޫން“

ބޮޑު ދަރަނި ދައްކައި މާލީ ކާރިސާއަކުން ރާއްޖެ ސަލާމަތްކުރުން: ”މިއީ އާދައިގެ ކާމިޔާބީއެއް ނޫން“

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ކާމިޔާބުކަމާއެކު ދައްކައި ޚަލާޞްކުރުމަކީ، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ އާދައިގެ ކާމިޔާބީއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަޒާން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ރިޒާވްއަށް ބޮޑު ބާރެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ބޮޑު ޢަދަދެއް ދައްކައި ނިންމުމަކީ ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް ވަރަށް ބޮޑަށް ކްރެޑިޓް ޙައްޤުވާ ކަމެއް ކަމަށެވެ.

ރާއްޖެއިން މީގެ ކުރިން ދަރަނި ދެއްކުމުގައި ފެއިލްވެފައި (ޑީފޯލްޓްވެފައި) ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން މި ކާމިޔާބީގެ އަގު ވައްޓާލަން މަސައްކަތް ކުރި ނަމަވެސް، މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން މިހާ ކުރު މުއްދަތެއްގެ ތެރޭގައި، އަދި މިހާ ބޮޑު ތާށިކަމެއްގެ ތެރެއިން މިފަދަ ބޮޑު ޢަދަދެއް އެއްފަހަރާ ދައްކަން ޖެހިފައި ނުވާކަން އަޒާން ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ހާމަކުރެއްވި ގޮތުގައި، ދަރަނި ނުދެއްކި ”ޑީފޯލްޓް“ ވިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ދައުލަތަށް ކުރާނެއެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އޮންނަ އިތުބާރު ގެއްލި، ލޯނު ނެގުމުގެ އަގު ބޮޑުވެ، ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވާނެއެވެ. މީގެ އިތުރުން މުދާ އިމްޕޯޓް ކުރުމަށާއި، ތަކެތީގެ އަގުތަކަށާއި، ވިޔަފާރިތަކުގެ އިތުރުން އާންމު ރައްޔިތުންގެ ވަޒީފާއާއި ދިރިއުޅުމަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހުނީސްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަވަށްޓެރި ބައެއް ޤައުމުތަކަށް މިފަދަ ޙާލަތްތަކުގައި ކުރިމަތިވި ހިތްދަތި ތަޖުރިބާތަކަށް އިޝާރާތް ކުރައްވަމުން އަޒާން ވިދާޅުވީ، ރާއްޖެއިން މާލީ ބޮޑު ކާރިސާއަކުން ސަލާމަތްވެ، ހަމަޖެހުން ޤާއިމުކުރެވުމަކީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރުގެ މި ފިޔަވަޅާއެކު ރާއްޖޭގެ މާލީ ދާއިރާއަށް އިތުރު ކުރިއެރުމާއި އިތުބާރު ލިބިގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުންވެސް ދެކެވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި