Sunday, 27 September 2026
Ads by

މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މަގެއްގެ މައްޗަށް އަޅާފައިވާ ކުނިތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަނީ - ފޮޓޯ:ސިޓީ ކައުންސިލް

މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ ބެހެއްޓުމާ ގުޅިގެން މިހާތަނަށް 100 މީހުން ޖޫރިމަނާކޮށްފިއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލުން އަންގާރަ ދުވަހު ބުނެފައި ވަނީ ކުނި އެޅުން މަނާ ސަރަޙައްދުތަކަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން މިހާތަނަށް 100 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާކޮށްފައި ވަނީ ކޮންމެ މިީހަކު 500 ރުފިޔާއިން ކަމަށް އެ ކައުންސިލުން ބުނެއެވެ.

ރޯދަ މަހާ ދިމާކޮށް ގޭތެރެ ސާފުކޮށް މަގުތަކަށް ބާ ފަރުނީޗަރާއި ހިފައި ގެންގުޅޭ ބައެއް ސާމާނު ނެރުމުގެ ސަބަބުން، މާލޭގެ އެކި ސަރަޙައްދުތަކުގައި ކުނި ގިނަވުމާ ގުޅިގެން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އެކަމަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލާއި ވެމްކޯއިން އަންނަނީ މަގުތައް ސާފުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 17 ދުވަހުގެ ތެރޭގައި މާލެ ތެރެއިން 263.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. މިއީ 25 ފޫޓުގެ 10.54 ކޮންޓޭނަރުގެ ކުނި ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކުރަމުންދާއިރު ރޭ އެކަނިވެސް 38 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި ގޭގެއިން ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ކެޕްސްގެ ޚިދުމަތް ހޯދަން އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި