Wednesday, 9 September 2026
Ads by

ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރަނީ

ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރަނީ

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ސޯޝަލް މީޑިއާގައި، ޒުވާން ކުދިން ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ސައިބާ ބުލީ އާއި ގްރޫމިންގެ ތެރެއަށް ވެސް ކުދިން ވަންނަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވެފައި އަދި އެހާ ކުޑަ މުޖުތަމައެއް އޮތް ތަނަކަށްވާއިރު އެ ކުދިން ސަލާމަތްކުރުމަކީ ސަރުކާރާއި އިދާރާތަކުގެ ޒިންމާއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، ވަނި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

”ސޯޝަލް މީޑިއާގެ އެޕްތައް، ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުންނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި ފިޔަވަޅުތައް އަޅަން ގަސްދުކުރަން،“ރައީސް ވިދާޅުވިއެވެ،.

ރައީސް ވިދާޅުވީ، 16 އަހަރުން ދަށަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުންކުރުން މަނާކުރުމުގައި ރާއްޖެއިން ނަމޫނާއަކަށް ބަލާނީ އޮސްޓްރޭލިއާގައި އެކަން ކުރާ ގޮތެވެ.

މިދިޔަ އަހަރު އޮސްޓްރޭލިއާގައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކް އަދި އެކްސް އާއި ރެޑިޓާއި ޔޫޓިއުބް މަނާކޮށްފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، 16 އަހަރުން ދަށަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުންކުރުން މަނާކުރުމަކީ އެ ކުދިން ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫން ކަމަށާއި މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ވެސް މޯލްޑިވްސް 2.0 ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި