Sunday, 26 July 2026
Ads by

ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް ނުކުރޭ: ޤީލާ

ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް ނުކުރޭ: ޤީލާ

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖޭގައި ޝީޝާ މަނާކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޤީލާ މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ޝީޝާ މަނާކުރުމާއި ހަކުރަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލައި ހަކުރުގެ ބާވަތްތަކުން ނަގާ ޓެކްސްތައް އިތުރުކުރުންފަދަ ކަންކަމުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ނާޒިމް މީގެ ކުރިން ވިދާޅުވި ކަމަށެވެ.

ނަމަވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

”އަޅުގަނޑުމެންގެ މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތަކެއް އަދި ކުރިއަކަށް ނުގެންދަން,“ – މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭޕާއި އީ-ސިނގިރެޓް މަނާކުރުމާއި، ވަކި އުފުރުފުރާ އެއްގެ ބަޔަކަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކޮށް ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުން ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި