Saturday, 17 October 2026
Ads by

މާލެ ކައިރިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

މާލެ ކައިރިން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

ކ. ގަލު ފަޅު ކައިރިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ”ޓުއަރ ގާރޑް“ ނަމަކަށް ކިޔާ ލޯންޗާއި އިތުރު ލޯންޗެއް ޖެހިގެންނެވެ. އެކްސިޑެންޓްގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ހާދިސާގައި ”ޓުއަރ ގާރޑް“ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ބައިތައް ވަނީ ފުނޑުފުނޑުވެފައެވެ. މިހާރު އެ ލޯންޗު ވަނީ މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ގެނެސްފައެވެ. އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލޯންޗަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ލޯންޗުގެ ކެޕްޓަން އިން ސީޓުގައި އޭނާ ވަނީ ތާށިވެފައެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ މުޅިން ލެއިން ތެމިފައެވެ.

މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ”ޓުއަރ ގާރޑް“ ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށެވެ. އެ ދެ މީހުންނަށް ލިބުނު ބޮޑެތި ހާނިކަތަކާ ގުޅިގެން، ވަގުތުން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެ ދެ މީހުންގެ ހާލު ސީރިއަސްއެވެ.

ދެ ލޯންޗު ޖެހި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ. މި ހާދިސާ ހިނގި ވަގުތު ދެ ލޯންޗުގައިވެސް މީހުން ތިބި ނަމަވެސް، އިތުރު މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި