Wednesday, 9 September 2026
Ads by

ށ. ގޮއިދޫ މިސްކިތުގެ އިމާމު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވި މައްސަލާގައި ވަޒީފާއިން ވަކިކޮށްފި

ށ. ގޮއިދޫ މިސްކިތުގެ އިމާމު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވި މައްސަލާގައި ވަޒީފާއިން ވަކިކޮށްފި

ށ. ގޮއިދޫގައި ހަމައެކަނި މިސްކިތުގެ އިމާމަކަށް ހުރި މީހަކު، އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އަމިއްލައަށް ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން، އޭނާ ވަޒީފާއިން ވަކިކޮށްފި ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ށ. ގޮއިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭ ވައިބާ ގުރޫޕަކަށް، އެ ރަށު މިސްކިތުގެ އިމާމު، އާމިރު ނަމަކަށް ކިޔާ މީހަކު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އަމިއްލައަށް ފޮނުވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯ އެ ގުރޫޕަށް ފޮނުވުނީ އޭނާއަށް އޮޅުމަކުން ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިރަކީ މީގެ ކުރިންވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. އޭނާ އިމާމުކަމުގެ މަގާމަށް އައްޔަންކުރެވުނު ފަހުންވެސް އެކި ފަހަރު މަތިން މިފަދަ ތުހުމަތުތައް ކުރެވި، މިކަމާ ގުޅުންހުރި ވީޑިއޯތަކާއި ސްކްރީންޝޮޓްތައް ދޭތެރެއަކުން އާންމުވަމުން ގޮސްފައިވާ ކަމަށްވެއެވެ. ނަމަވެސް، މި ހާދިސާ ހިނގުމާ ހަމައަށްވެސް އޭނާ ހުރީ އެ ރަށުގެ މިސްކިތުގެ އިމާމުކަމުގެ މަގާމުގައި ކަމަށް ސޯޝަލްމީޑިއާގައި ލިޔެފައިވެއެވެ.

އާމިރުއަށް އޮޅުމަކުން ވައިބަރ ގުރޫޕަށް ލެވުނު ސްކްރީންޝޮޓް..

މި ހާދިސާއާ ގުޅިގެން ގޮއިދޫ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ރަށުގެ އިމާމުގެ ފަރާތުން ފެނުނު މި ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން، ގިނަ ބަޔަކު ވަނީ އޭނާގެ ފަހަތުގައި ނަމާދުކުރުމަށް ދެކޮޅު ހަދައި، އެއީ މުޅި ރަށުގެ ދީނީ އަދި އަހުލާގީ މިންގަނޑަށް ލިބުނު ބޮޑު ހުތުރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށް، ’އެކި އެމްވީ‘ އިން މިކަމާއި ގުޅިގެން ސުވާލު ކުރެއްވުމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު ވަނީ މި މައްސަލައަށް ރައްދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ބަލައި މިހާރު އޭނާ އިމާމުކަމުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ސުވާލު ކުރުމުން މިހާތަނަށް ޖަވާބެއް ދީފައި ނުވެއެވެ.

ގޮއިދޫ ރައްޔިތުން ދަނީ މި މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އިސްލާމީ ޝަރީއަތާއި ގާނޫނުގެ ތެރެއިން އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި